-8402fff9.png)
އައިޝަތު ހިދާޔާ

ދައުލަތުންދޭ ނިޝާން ދިޔަމިގިލީ އިއްޒަތުގެ ޝަރަފު އަޙްމަދު ޝާކިރު (ކަށިމާ ޝާކިރު)އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އަރުވައިފިއެވެ.
ކަށިމާ އަހްމަދު ޝާކިރަށް މި އިއްޒަތް އަރުއްވައިފައި ވަނީ ހއ. އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
މި ޝަރަފުގެ އިއްޒަތް ޝާކިރަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ދިވެހި ޤައުމީ ބަހާތަކަށާއި، ދިވެހި އަދަބިއްޔާތާއި، ރާއްޖޭގެ ތާރީހަށް އިހުލާސްތެރިކަމާއެކު ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާތީއެވެ.
ކަށިމާ އަޙްމަދު ޝާކިރު ވަނީ 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަސް ޚިދުމަތް ކުރައްވާފައެވެ. އެކި އިދާރާތަކުގައި އިސް މަގާމުތަކެއް ފުރުއްވުމަށްފަހު ދައުލަތުގެ ވަޒީފާއިން ޝާކިރު ވަކިވެވަޑައިގަތީ 2010 ވަނަ އަހަރުއެވެ.
ދައުލަތުގެ ވަޒީފާގައި އުޅުއްވި ދުވަސްވަރު އަދާކުރެއްވި މަގާމުތައް:
މީގެއިތުރުން ކަށިމާ އަހްމަދު ޝާކިރު ވަނީ, ޓީވީ މޯލްޑިވްސްގެ ޕްރޮގްރާމް ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފައެވެ. ޑޮކިއުމެންޓްރީތަކަށް އަޑުއެޅުއްވުމާއި، ޑްރާމާތަކަށް ސްކްރިޕްޓް ލިޔުއްވުމާއި "ޣާޒީ ބަންޑާރައިން" ފިލްމުގައި ޙަސަން ތަކުރުފާނުގެ ބައި އަދާކުރެއްވުމުގެ އިތުރުން "ދޮންހިޔަލައާއި އަލިފުޅު" އާއި "ހިތިޑޮލަރު" ފަދަ ގިނަ ފިލްމުތަކާއި ޑްރާމާތަކުގެ ސްކްރީންޕްލޭ ކަށިމާ އަހްމަދު ޝާކިރު ލިޔުއްވިއެވެ.
ހާސިލްކުރައްވާފައިވާ އެވޯޑާއި އިނާމުތައް
ކަށިމާ ޝާކިރަކީ މިހާރު ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކައުންސިލްގެ ދިވެހި ތާރީޚުގެ އިސްވާރެވެ.

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން