-8402fff9.png)
އައިޝަތު ހިދާޔާ

ބޮޑުތަރުފާނުގެ ގައުމީ ޖިހާދުގެ ވާހަކަ ދިޔައިދޭ "ވާހަކަ ވައު" ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
މި "ވާހަކަ ވައު" ހުޅުއްވައިދެއްވީ ގައުމީ ދުވަސް ފާހަގަކުރަން ރައީސް މިހާރު ހއ. އުތީމަށް ކުރައްވާ ދަތުރުފުޅުފައެވެ.
"ވާހަކަ ވައު" އަކީ އުތީމު ކަނދުވަލު މިސްކިތް ސަރަހައްދުގައި ތަރައްގީކޮށްފައިވާ ތާރީހީ ހިނގައިލުމެކެވެ. މި ތާރީހީ ބިނާއާ އިންވެގެން އޮތް ގުދުރަތީ ވަލުގެ ތެރޭގައި ހަދާފައިވާ މި ޕާކަކީ، ބޮޑުތަކުރުފާނުގެ މިނިވަންކަމުގެ ޖިހާދުގެ ވާހަކަ ކިޔައިދީ އޭގެ މަންޒަރުތައް ސިފަކޮށްދޭ ބޯޑުތަކެއްގެ އެހީގައި، އެ ތާރީހީ ޖިހާދު އިހުސާސްކޮށްދޭ ތަނެކެވެ.
ޕާކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވާހަކަ ވަލުގެ މަގުތަކުން ހިނގަމުންދާއިރު، ގަސްގަހާގެހީގެ ތެރެއިން ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދުގެ މުހިންމު ހާދިސާތައް ތަރުތީބުން ފެންނަން ހުންނާނެއެވެ. މި މަގުގެ ކޮންމެ ހިސާބެއްގައި ވެސް ތާރީހީ ވާހަކަތައް ހިމެނޭ ޖުމްލަ 14 ބޯޑު ހުންނާނެއެވެ. މީގެ ސަބަބުން 1558ގައި މާލެ އިސްތިއުމާރު ކުރި ހިސާބުން ފެށިގެން، ބާރަށުގައި ކަޅުއޮށްފުންމި ބެންނެވުމާއި، 1573ގައި ލިބުނު ފަހުރުވެރި ނަސްރާ ހަމައަށް ޒިޔާރަތްކުރާ ފަރާތްތަކަށް މައުލޫމާތު ލިބޭނެއެވެ.
މި މަޝްރޫއަކީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުން ކުރިއަށްގެންދާ މަޝްރޫއެކެވެ. "ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫޢު"ގެ ދަށުން ސަރުކާރުން އަމާޒު ހިފާފައި މި ވަނީ އުތީމަކީ ސަގާފީ ފަތުރުވެރިކަމާއި ޤައުމީ ތާރީޚުގެ މުހިންމު މަރުކަޒަކަށް ހެދުމަށެވެ.
ކަނދުވަލު މިސްކިތް ހިމެނޭ ސަރަހައްދުގައި "ވާހަކަ ވައު" ތަރައްގީކުރުމުން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަތުރުވެރިންގެ މެދުގައި އުތީމަށް އޮތް ޝައުޤުވެރިކަން އިތުރުވެ، ރަށުގެ ރައްޔިތުންނަށް އިޤްތިސާދީ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ކައުންސިލުން ބުނެއެވެ. މިފަދަ ތަންތަނުގެ ސަބަބުން، ފަތުރުވެރިން ރަށުގައި މަޑުކުރާ ވަގުތު އިތުރުވެ، ރަށުގެ ގެސްޓްހައުސްތަކާއި ކެފޭތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނަށް އޮންނަ ޑިމާންޑް ދެމެހެއްޓެނިވި ގޮތެއްގައި އިތުރުވާނެއެވެ.
ރައީސް އުތީމަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ވެސް ހުޅުއްވައިދެއްވާފައެވެ.
އަދި ގައުމީ ދުވަހު ރަސްމީ ޖަލްސާ މިއަދު ބާއްވާފައި ވާއިރު, މި ޖަލްސާގައި ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ އިތުރުން ނިޝާން ދިޔަމިގިލީ ބަރަފުގެ އެވޯޑު ވެސް ދެއްވައިފައި ވެއެވެ.

3 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން