-8402fff9.png)
އައިޝަތު ހިދާޔާ

މިއަހަރުގެ ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހަތް ބޭފުޅަކާއި ކުންފުންޏަކަށް މިއަދު އަރުވައިފިއެވެ.
މި ބޭފުޅުންނަށް އިނާމު ދެއްވާފައި ވަނީ ހއ. އުތީމުގައި މިއަދު ބޭއްވި ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް ޑރ, މުހައްމަދު މުއިއްޒުގެ އަތްޕުޅުންނެވެ.
ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވާފައި ވަނީ:
1- އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން:
ހައްވާ ލަތީފް، މުޝްތަރީގެ، ގއ. ދާންދޫ
2- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން:
މުހައްމަދު ނަސީރު، ދަނބުގެ، ހދ. ވައިކަރަދޫ
3- ދިވެހި ތާރީހުގެ ދާއިރާއިން:
ކޮމާންޑް ސާޖަންޓް މޭޖާ އަބްދުﷲ ސަޢީދު، ހުޅުމާލެ ފްލެޓް ނަންބަރު 125-G-03
4- ސިއްހީ ދާއިރާއިން:
މުހައްމަދު އަހްމަދު، ހުޅުމާލެ ވިނަރެސް 10A-702
5- އިމާރާތްކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން:
ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
6- މުއާސަލާތާއި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން:
އަރުޝަދު އަހްމަދު، ފަހިވާ، ހއ.އުލިގަން
7- ކުޅިވަރުގެ ދާއިރާއިން:
އާއިޝަތު ނައުރާ، ހ. ސީޓް
8- ވިޝުއަލް އާޓްސްގެ ދާއިރާއިން:
އިސްމާއީލް ޢަބްދުލްޣަފޫރު، ހ. އަރިހިޔާ
މީގެއިތުރުން ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި، އަލްމަރްހޫމް އިހްސާން އަބްދުލްޣަނީގެ ހަނދާނަށް ޚިދުމަތުގެ ގައުމީ އިނާމު ވަނީ އަރުވާފައެވެ.
ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ރައީސް އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވީ ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.
މިއަދުގެ ޖަލްސާައި ރައީސް ވަނީ ދައުލަތުންދޭ ނިޝާން ދިޔަމިގިލީ އިއްޒަތުގެ ޝަރަފު އަޙްމަދު ޝާކިރު (ކަށިމާ ޝާކިރު)އަށް ދެއްވައިފައެވެ. އަދި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށާއި، ޖަމިއްޔާއަކަށް ވެސް މިއަދު ދެއްވައިފައި ވެއެވެ.

3 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން