-8402fff9.png)
މިންހާ އަބްދުالله
ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
މާތްވެގެންވާ އިސްލާމް ދީނަށް ފުށޫއަރާ ނުވަތަ އިސްލާމް ދީނާއި ހިލާފު އެއްވެސް ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށް މި ހިނގާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރަށް ހުށަހަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހއ. އުތީމުގައި ކުރިއަށްގެންދާ ޤައުމީ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިހާރުވެސް އިސްލާމްދީނާއި ހިލާފު ގާނޫނެއް ނުހެދޭނެކަމަށް ގާނޫނު އަސާސީގައި އޮންނަކަން އެނގިލައްވާ ކަމަށެވެ.
އެހެންނަމަވެސް އެކަން ކަށަވަރު ކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތް ކަމަށާއި އެކަން ނިމުމަކަށް ގެނެސް އުސޫލީ ގޮތުންނާއި ނިޒާމީ ގޮތުން އެކަން ކަށަވަރު ކުރެވޭނެ އުސޫލުތަކެއް ކަނޑައެޅުމަށް މަޖިލީހުގެ ތިންވަނަ ދައުރަށް ހުށަހަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގައުމީ ދުވަސް ހަނދާންކޮށްދޭ އެއް ކަމަކީ އަބަދުވެސް ދިވެހިން ތިބެންވާނީ އިސްލާމްދީނުގެ މަތީގައި ގައުމުގެ ސިޔާދަތާއި ގައުމުގެ މިނިވަންކަން ކަށަވަރު ކުރުމަށް ކަމަށެވެ. އަދި މި ހާދިސާއިން މާތްވެގެންވާ އިސްލާމްދީނަށް ވަފާތެރިވުމުގެ ނަތީޖާ އާއި އިސްލާމްދީނަށް އިހާނެތިކޮށްހިތުމުގެ ހިތި ނަތީޖާ ވަރަށް ސާފުކޮށް ފެންނަކަމަށް ރައީސް ވިދާޅުވި އެވެ.
"ދިވެހި ގައުމާ ގުޅިފައިވާ ހުރިހާ ރަނގަޅުކަމެއް ގުޅިފައިވަނީ އިސްލާމްދީނުގެ އަސާސްތަކާ، އެއީ ދިވެހި ގައުމުގެ ނާރެސް، ކީރިތި ޤުރްއާނަކީ ދިވެހި ގައުމިއްޔަތުގެ މަދު، ހިތްދަތިކަމުގައި އެތައް އަހަރެއް ޕޯޗުގީޒުންގެ އަތް ދަށުގައި އޮންނާން ޖެހުނީ އަޅުގަނޑުމެންގެ ތެރެއިން އެންމެ މީހަކު މާތް ވެގެންވާ އިސްލާމް ދީން ދޫކޮށްލުމުގެ ސަބަބުން، އެހިސާބުން އޭނާއާ ދިވެހި ގައުމުގެ ފަސްގަނޑާ އޮތް ރޫހާނީ ގުޅުން ކެނޑުނީ، ވަތަނީ ލޯތްބާއި ކުލުނުގެ އަސާސް ރޫޅި ފުނޑުފުނޑުވީ، ދީން ދޫކޮށްލާ ހިސާބުން އެ ހިޔާނާތްތެރި ވެވުނީ ހަމައެކަނި ދީނަކަށް ނޫން، އެ ހިޔާނާތްތެރި ވެވުނީ ދިވެހި ގައުމަށް،"
މި ކަމުންވެސް މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމާ އޮތް ގުޅުން ފެނިގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
އިސްލާމްދީނާއި ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު ދިވެހި ގައުމުގެ މިނިވަންކަން އޮތީ ގެއްލިފައި ކަމަށާއި ނުވަތަ ގެއްލުމުގެ ތުންފަތް މަތީގައިކަން ފާހަގަކުރައްވައި މި ސަބަބަށްޓަކައި އިސްލާމްދީން ހިމާޔަތްވެފައި އޮންނާނެ ނިޒާމެއް ގާއިމްވެފައި އޮންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން