-8402fff9.png)
އަހްމަދު އިޒްމީމް

އިއްބެ އުފާ ފާޅުކުރަނީ —- ފޮޓޯ/ ސިޑިބަރި
ނައިންޓީ ޕްލަސް ގޯލްޑްކަޕްގެ ކުއާޓާ ފައިނަލްގައި ކ. މާފުށި ބަލިކޮށް އައްޑޫ ސިޓީ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.
މިރޭ ގަލޮޅު ދަނޑުގައި މާފުއްޓާ ދެކޮޅަށް އައްޑޫ ކުޅުނު އެ މެޗު އައްޑޫއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ދެ ޓީމުން ވަނީ ގޯލުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު އެ މެޗުގެ ފުރަތަމަ ގޯލު ޖަހައިފައިވަނީ 71 ވަނަ މިނެޓުގައެވެ. އެ ގޯލުޖެހީ ލިބުނު ހިލޭ ޖެހުމަކުން އިސްމާއިލް އީސަ (މެސީ)އެވެ.
އެ ގޯލާއެކު މެޗުގެ އޮއިވަރު ބަދުލުވިއެވެ. ކައިރި ކައިރީގައި އައްޑޫއިން ވަނީ ދެ ގޯލުޖަހައި މާފުށި މާޔޫސްކޮށްލައިފައެވެ. އެގޮތުން 76 ވަނަ މިނެޓުގައި މުހައްމަދު ހާޒިމް ގޯލެއްޖެހިއިރު ފަހު ގޯލު ޖެހީ އިބްރާހިމް މަހުދީ ހަސަންއެވެ.
އެ މެޗުން މާފުށި މޮޅުވެ އެ ޓީމު ސެމީގައި ވާދަކުރަން ޖެހޭނީ ކުއާޓާ ފައިނަލުގައި މިއަދު ހަވީރު ފުވައްމުލަކާ ދެކޮޅަށްކުޅެ މޮޅުވި ރ. އަލިފުއްޓާއެވެ.
މެޗުން މޮޅުވި އައްޑޫއަކީ ކުޅުނު އެއްވެސަ މެޗަކުން ބަލިނުވެ ސެމީއަށް ދަތުރުކުރި ހަމައެކަނި ޓީމެވެ. އެ ޓީމުން ވަނީ މުބާރާތުގައި ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފައެވެ. އަނެއް ދެ މެޗުން ވީ އެއްވަރެވެ.
ގޯލްޑް ކަޕަކީ ފުޓުބޯޅައިގެ ފޯރި އަލުން ގެނައުމަށްޓަކައި ނައިންޓީ ޕްލަސްއިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. ރަށްތަކާއި ސިޓީތަކަށް ހާއްސަކޮށް ބާއްވާ އެ މުބާރާތުގައި 17 ޓީމުން ބައިވެރިވެއެވެ.
މުބާރާތުގައި ބައިވެރިވި 17 ޓީމުގެ ތެރެއިން އެންމެ ރަނގަޅުނަތީޖާ ހޯދި 12 ޓީމު ވަނީ ދެވަނަ ބުރަަށް ގޮސްފައެވެ. މުބާރާތުގެ ދެވަނަ ބުރު ކުރިއަށް ގެންދަނީ އެ 12 ޓީމު ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.

3 ދުވަސް ކުރިން

22 ދުވަސް ކުރިން
-fae7d00d.jpeg)
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން
-035f590a.jpg)
4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން