-8402fff9.png)
ސައިފުﷲ އަލީ

އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް އެއްވެސް ޝަރުތަކާ ނުލައި މުޠުލަޤަށް ރާއްޖެއަށް އެތެރެނުވެވޭ ގޮތް ހެދުމަށް ސަރުކާރުން އިމިގްރޭޝަންގެ އާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި އިޢުލާނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅުއްވި 4 ބިލުގެ ތެރޭގައި އިމިގްރޭޝަންގެ މުހިންމު ބިލެއް ހިމެނޭ ކަމަށެވެ. އަދި މިހާރު އޮތް ޤާނޫނުގައި 2023 އޮކްޓޫބަރު 7 ގެ ހާލަތާ ގުޅުވައިގެން ރާއްޖެ އެތެރެވުން ވަކި މުއްދަތަކަށް ހިފެހެއްޓިފައި އޮތް ނަމަވެސް، އަލަށް ހުށަހެޅި ބިލުގައި އެއްވެސް ހާލަތަކަށް ރިޢާޔަތްނުކޮށް އިސްރާއީލު ޕާސްޕޯޓު މަނާކުރަން ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކަކީ ދިވެހި ރައްޔިތުން އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އަލަށް ހުށަހެޅި ބިލުގައި އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެ ނާދެވޭނެކަން ވަރަށް ސާފުކޮށް ބަޔާންކުރައްވާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ސިޔާސަތަކީ ފަލަސްޠީނުގެ ޙައްޤުގައި ސާބިތުވެ ތިބުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ބައިނަލްއަޤްވާމީ މަސްރަޙުގައްޔާއި އެކި ފޯރަމްތަކުގައި ވެސް ރާއްޖެއިން މި މައުޟޫޢުގައި ވަރަށް ވަރުގަދައަށް ވަކާލާތު ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން އަލަށް އެކުލަވައިލެވޭ އިމިގްރޭޝަން ޤާނޫނުގައި މި ސިޔާސަތު ވަރަށް ސާފުކޮށް އެކަށައަޅަންޖެހޭނެ ކަމަށް ސަރުކާރުން ދެކޭ ކަމަށް ވެސް ވިދާޅުވިއެވެ.
ސަރުކާރުން މަޖިލީހަށް ހުށަހެޅި އިމިގްރޭޝަންގެ އާ ބިލުގައި، އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ އިތުރުން ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ދޫކުރާ އިންވެސްޓަރ ވިސާގެ އުސޫލުތަކަށް ވެސް މުހިންމު އިޞްލާޙުތަކެއް ގެނައުމަށް ވަނީ ހިމަނާފައެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން