-8402fff9.png)
ސައިފުﷲ އަލީ

ރާއްޖޭގެ ތާރީހުގައި ވެސް ގެންނަ އެންމެ ބޮޑު އިންވެސްޓްމެންޓާ އެކު ދިވެހިން އީގަލް ހިލްސް އަށް އިތުބާރުކުރާ ކަމަށާއި، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދާނީ ރައްޔިތުންގެ އުއްމީދުތަކާ އެއްގޮތަށް ކަމަށް އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރު އިންސްޓަގްރާމްގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވެއްޖެއެވެ.
މި މެސެޖަކީ ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" ގެ ނަމުގައި ބޮޑު މަޝްރޫއެއް ހިންގުމަށް ސަރުކާރާއެކު ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެން ދެއްވި މެސެޖެކެވެ. އެ މަޝްރޫއުގެ ދަށުން ރަސްމާލެއިން 500 ހެކްޓަރުގެ ބިން އެ ކުންފުންޏަށް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ހަދާފައިވާ ވީޑިއޯއަކާ އެކު އަލައްބާރު ވިދާޅުވީ، ރާއްޖޭގައި މިފަދަ ބިޔަ މަޝްރޫއެއް ހިންގަން ލިބުމަކީ އީގަލް ހިލްސް ކުންފުންޏަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ. އަދި ރައްޔިތުން ކުރާ އިތުބާރާ އެއްގޮތަށް، الله ގެ ތައުފީގާއެކު ދިވެހިންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ރަސްމާލޭގައި އުފައްދަނީ ހާއްސަ ދިރިއުޅުމުގެ ވައްޓަފާޅިއެއް ކަން ފާހަގަކުރައްވަމުން އަލައްބާރު ވިދާޅުވީ، އެތަނުން ޕްރޮޕަޓީއެއް ގަނެފި ނަމަ ދުނިޔޭގެ އެހެން ތަންތަނާ އަޅާބަލާއިރު އެންމެ ރަނގަޅު ފައިދާ ލިބޭނެ ކަމަށެވެ. އެތަނުގައި ރީތި ގޮނޑުދޮށްތަކާއި، ހޮޓާތަކާއި، ރެސްޓޯރެންޓްތަކުގެ އިތުރުން ކުޅިވަރު ކުޅޭނެ ވަސީލަތްތައް ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެކުވެރި އަރަބި އިމާރާތުގެ މަޝްހޫރު އީގަލް ހިލްސް އިން ހިންގާ މި މަޝްރޫއާ މެދު ސިޔާސީ ބައެއް ލީޑަރުން ކަންބޮޑުވުން ފާޅުކުރައްވަމުން ދިޔަ ނަމަވެސް، އެ ކުންފުނިން ޔަގީންކަން ދެނީ މި މަޝްރޫއު ކުރިއަށް ދާނީ ރާއްޖޭގެ އިގުތިސާދަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ކަމަށެވެ.

11 ދުވަސް ކުރިން

19 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން
2 މަސް ކުރިން
-a8fb64ca.jpg)
3 މަސް ކުރިން

4 މަސް ކުރިން