-8402fff9.png)
ފާތިމަތު މިޝްކާ
ރަސްމާލެ ސަރަހައްދުގައި "މޯލްޑިވްސް ވޯޓަރ ފްރޮންޓް އެންޑް މެރީނާ"ގެ ނަމުގައި "ގްލޯބަލް ޑެސްޓިނޭޝަން"އެއް ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި ޔޫ.އޭ.އީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ޖުމްލަ އަގު ގާތްގަނޑަކަށް 20 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
"މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި ހިންގާ މި މަޝްރޫއަކީ ރާއްޖޭގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑު އެއް ތަރައްގީގެ މަޝްރޫއުކަމަށް ސަރުކާރުން ހާމަކުރެ އެވެ. އެގޮތުން ފަތުރުވެރިކަމާއި، ދިރިއުޅުމަށް ބޭނުންވާ ތަންތަނާއި، ވިޔަފާރި އަދި އިޖުތިމާއީ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ލިބޭނެ ގޮތަށް މި މަޝްރޫއުގައި ތަރައްގީކުރެވިގެންދާނެ އެވެ.
އީގަލް ހިލްސްއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމަކީ މަޝްރޫއުގެ މައިގަނޑު ތަސައްވުރާއި ވިޔަފާރީގެ މައިގަނޑު އުސޫލުތައް ކަނޑައެޅުމަށް ވެވުނު އެއްބަސްވުމެކެވެ. އަދި މަޝްރޫއު ކުރިއަށްދާ މިންވަރަކަށް އިތުރު ތަފްސީލީ އެއްބަސްވުންތައް އެކުލަވާލެވޭނެއެވެ.
މި މަޝްރޫއުގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތަކާއި، މަތީ ފަންތީގެ ބްރޭންޑެޑް ރެސިޑެންސްތަކާއި، ދުނިޔޭގެ ފެންވަރުގެ މެރީނާއެއް ގާއިމުކުރެވޭނެއެވެ. މީގެ އިތުރުން މުނިފޫހިފިލުވުމާއި، ވިޔަފާރި، ކެއިންބުއިން، ސިއްހީ، ތައުލީމީ އަދި އިޖުތިމާއީ ޚިދުމަތްތައް ދޭނެ ވަސީލަތްތައް ވެސް މި ސަރަހައްދުގައި ހިމެނޭނެއެވެ.
އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ބައިނަލްއަގުވާމީ ގޮތުން ލިބިފައިވާ މަގުބޫލުކަން ދަމަހައްޓައި، ޒިންމާދާރުކަމާއެކު މި ތަރައްގީގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.
"ދިވެހިރާއްޖެއަކީ އޭގެ ގުދުރަތީ ރީތިކަމާއި ބައިނަލްއަގުވާމީ މަގުބޫލުކަމުގެ ސަބަބުން ވަރަށް ޚާއްސަ ގައުމެއް. އަމާޒަކީ އެ ރީތިކަމާއި ފުރިހަމަކަން ދަމަހައްޓައި، ދުނިޔޭގެ ފެންވަރުގެ އާދަޔާޚިލާފު މަޝްރޫއުއެއް ރާއްޖޭގައި ކުރިއަށް ގެންދިޔުން،" އަލައްބާރު ވިދާޅުވިއެވެ.

11 ދުވަސް ކުރިން

19 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން
-a8fb64ca.jpg)
3 މަސް ކުރިން

4 މަސް ކުރިން