-8402fff9.png)
ސައިފުﷲ އަލީ
-3f2f6f1b.jpg)
ފަލަސްތީނުގެ ރައްޔިތުންނަށް އަދުލުއިންސާފާއި މިނިވަންކަމާއި ދެމެހެއްޓެނިވި ސުލްހަ ހާސިލުވެއްޖެއުމާ ހަމައަށް އެ ރައްޔިތުންނާ އެކު ރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ފަލަސްތީނުގެ ބޮޑުވަޒީރު ޑރ. މުހައްމަދު މުސްތަފާއަށް ދެއްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެއިން އެއްވެސް ޝަރުތެއް ނެތި ފުރިހަމައަށް ސާބިތުވެ އޮތްކަން ހާމަކުރައްވައިފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުން އެކަނި ނުވާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
މި ބައްދަލުކުރެއްވުން ބޭއްވެވީ ތުރުކީވިލާތުގެ އަންޓާލިއާގައި ކުރިއަށްދާ ކޮޕް31 މޫސުމީ ސަމިޓުގެ ހަވާސާގައެވެ.
މިނިވަންކަމާއި ކަރާމާތާއި އަދުލުއިންސާފާއި އަމިއްލަ ބާރުވެރިކަމުގެ ޙައްޤުގައި ފަލަސްތީނު ރައްޔިތުން ކުރަމުންދާ ޙައްޤު މަސައްކަތަށް ރާއްޖެއިން ދޭ ތާއީދު ދެމިއޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ތާއީދަކީ ޤައުމީ ޤަބޫލުކުރުންތަކާއި، އަދުލުއިންސާފާއި އިންސާނިއްޔަތަށް ޒަމާނުއްސުރެ ރާއްޖެ ގެންގުޅެމުން އަންނަ އިލްތިޒާމުގެ ރަމްޒެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް އެކުލެވޭ، އަދި އިރުމަތީ ޤުދުސް ވެރިރަށުގެ ގޮތުގައި ހިމެނޭ މިނިވަން މުސްތަޤިއްލު ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމުގެ ޙައްޤު ހިމެނޭ ގޮތުން، ފަލަސްތީނުގެ ދޫނުކުރެވޭނެ ޙައްޤުތަކަށް ރާއްޖެއިން ވަކާލާތުކުރުންމަތީ ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ރައީސް ތަކުރާރުކުރެއްވިއެވެ.

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން