-8402fff9.png)
ސައިފުﷲ އަލީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަނީ ---
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއާޕޯޓު ތަރައްގީ ކުރުމުގެ ގިނަ މަޝްރޫއުތައް ހިންގަމުން ދަނީ އެއީ ރާއްޖޭގެ ތަރައްގީއަށް މުހިއްމު މަޝްރޫއުތަކެއް ކަމަށް ވާތީކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ބޮޑުތިލަދުންމައްޗަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ހއ. ދިއްދޫގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ ގުދުރަތީ ގޮތުން އެތުރިފައިވާ ގޮތުން، އެއާޕޯޓުތައް އެހުން މުހިއްމު ކަމަށެވެ.
"ރާއްޖެ ތަރައްޤީކުރާއިރުގައި، ކުރީގައި އޮތްގޮތަކަށް ނޫން ރައްޔިތުން ބޭނުންވަނީ މިހާރު ރާއްޖެ އޮންނަން. ކޮންމެހެންވެސް ބޭނުންވާ ކަމެއް އެއަރޕޯޓް އެޅުމަކީ،"،
"ބައެއް ތަންތާނގައި އިންޓަރނޭޝަނަލް އެއަރޕޯޓް. ބައެއް ތަންތާނގައި ޑޮމެސްޓިކް އެއަރޕޯޓް. އެހެންވީމާ، އެއަރޕޯޓް އަޅަންޖެހޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ހއ. ދިއްދޫގައި ވެސް އެއާޕޯޓެއް ތަރައްގީކޮށްދެއްވާނެ ކަމުގެ ޔަގީންކަން މިއަދު ދެއްވާފައެވެ.
އެ މަނިކުފާނު ވިދާޅުވީ ހަމައެކަނި ރައްޔިތުން ހިތްހަމަޖައްސާލުމަށް އެއްވެސް ވައުދެއް ވެވަޑައިނުގަންނަވާ ކަމަށާއި، ކޮންމެ ވައުދެއް ވެސް ވެ ވަޑަައިގަންނަވަނީ އެއީ ކުރައްވަން ޖެހޭ ކަމެއް ކަމަށް ގަބޫލު ކުރައްވައިގެން ކަމަށެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން