-8402fff9.png)
އިބްރާހިމް ޝަމްވީލް

ޝިފޫ އޭނާގެ ބައްޕައާއެކު ރެސިންގެ މަސައްކަތް ކުރަނީ —
ކޮވިޑުގެ ލޮކްޑައުން ތެރޭގައި އެންމެން ގޭ ބަންދުވެ ތިބި އިރު، ފަންނުވެރި މަސައްކަތްތަކަށް އަބަދުވެސް ލޯބި ކުރާ ފާތިމަތު ޝިފްޒާ އިބްރާާހިމް (ޝިފޫ)، 32 ވެސް ފެށީ އޭނާ ލޯބިކުރާ މަސައްކަތެކެވެ. ކުޑައިރުއްސުރެ ވެސް ފަންނީ ކަންކަމަށް ހުންނަ ލޯތްބާއެކު އޭނާ ފެށީ ރެސިން ބޭނުންކޮށްގެން ކީ ޗެއިން ފަދަތަކެތި ހެދުމުގެ މަސައްކަތެވެ.
"ކުޑައިރު ހަދާ އުޅެން އަމިއްލައަށް ކާޑު ކަހަލަ އެއްޗެހި. ވެޑިން ކާޑު، ބާތުޑޭ ކާޑު އެއްޗެހި އޭރު ހަދަން ވަރަށް ގިނައިން،" ޝިފޫ ކިޔައިދިނެވެ.
ކޮވިޑު ތެރޭގައި، 2020ވަނަ އަހަރު އެ ކަން ކުރީ ވިޔަފާރި ޕޭޖެއް ހަދައިގެންނެއް ނޫނެވެ. އެކަމަކު، ކޮވިޑު މަތަވެ އާއްމު ހާލަތަށް އެޅި އިރު، ފޫހި ފިލުވައިލުމަށްއޭނާ އެ ފެށި މަސައްކަތް އޮތީ ވިޔަފާރިއަކަށް ބަދަލުވާން ފައްކާވެފައެވެ. އެއީ ދި ހޭންޑްކްރާފްޓްސް.އެމްވީ އެވެ.
އޭރު ވެސް ދުނިޔެ މުޅިން ނުހުޅުވޭތީ ދިމާވި ދައްޗަކީ ރެސިން ލިބުމުގައި ކުރިމަތިވި އުނދަގޫތަކެވެ. އެހެން ނަމަވެސް، އޯޑަރުތައް އޭރު ވެސް ލިބެމުންދިޔައެވެ. ހާއްސަކޮށް، އޭރު އޭނާ މަސައްކަތް ކުރި އޮފީސް، ދިރާގުގެ މުވައްޒަފުންގެ ބޮޑު ސަޕޯޓަކާއެކު އޯޑަރުތައް ލިބެމުންދިޔައެވެ.
އާއްމު ގޮތެއްގައި ޝިފޫ ހަދަނީ ކީ ޗެއިންއާއި ބުކްމާކެވެ. އެންމެ ގިނައިން ވިކެނީ ވެސް އެ ފަދަ އެއްޗިއްސެވެ.
"ބޮޑަށް ފާހަގަވޭ އީދަށް ނުވަތަ ރޯދަމަހަށް އޯޑަރު ލިބޭކަން. ރޯދަ މަހަށް މިސާލަކަށް ހަދިޔާއެއްގެ ގޮތުގައި ދޭން އަޅުގަނޑުމެން ލައްވާ ބިސްމި ޖަހާފައިބުކްމާކްސް ހަދާ. އީދަށް އީދު ގިފްޓު ގޮތުގައި ކީ ޗެއިންސް ނަން ޖަހައިފައި ވެސް ހަދާ،" ޝިފޫ ކިޔައިދިނެވެ.
ވިޔަފާރީގައި ދުވަސްތަކަކު އުޅުމަށްފަހު، ޝިފޫގެ ވިޔަފާރިއަށް މަޑުޖެހުމެއް އައީ އޭނާ ބަލިވެ އިނުމުންނެވެ. އޭރު ރެސިން ފަދަ ކެމިކަލްތަކާ ދުރުވާން މަޖުބޫރުވެ،2022ވަނަ އަހަރުގެ މެދުތެރެއަކުން މެދުކަނޑާލަން ޖެހުނެވެ. -- އަނެއްކާ ވެސް އޭގެ ފަހުން ވިޔަފާރީގެ ތެރެއަށް އޭނާ އައީ މި އަހަރުއެވެ.
އެނބުރި އައި އިރު، އެތައް ބަޔަކު މި ވިޔަފާރީގެ ތެރެއަށް ތިބީ ތައާރަފްވެފައެވެ. އެހެންވެ، ކުރިއާ އެއްވަރަށް އޯޑަރެއް ވެސް ނުލިބެއެވެ. އެކަމަކު، ޝިފޫ އައީމުޅިން އައު ކަމަކާ ވެސް އެކުގައެވެ. އެއީ ޖޯޑުފަދަ ތަކެތީގައި ނަން ޖެހުމުގެ މަސައްކަތާ ވެސް އެކުގައެވެ. އަދި މިހާރު އޭނާ ދަނީ ރިސޯޓެއްގެ ސުވެނިއާ ޝޮޕަށްއޭނާގެ އުފެއްދުންތައް ލުމުގެ މަސައްކަތަށް ދަތުރު ފަށައިފައެވެ.
ޝިފޫގެ މި ދަތުރުގައި އޭނާގެ އެންމެ ބޮޑު ހިތްވަރަކީ ބައްޕައެވެ. އަބަދުވެސް ބައްޕަ އޭނާއަށް އެހީތެރިވެއެވެ. ރެސިން ގިރައިދީ، އޭގެން ބަބުލް ފިލުވައިދެނީވެސް ބައްޕަކަމަށް ޝިފޫ ކިޔައިދިނެވެ.
"އަޅުގަނޑަށް މި ކަމުގައި އެންމެ ބޮޑު ސަޕޯޓަކީ ބައްޕަ. ބައްޕަގެ ސަޕޯޓާ ނުލައި އަޅުގަނޑަށް މި ކަން ނުވެސް ވާނެ،" ޝިފޫ ބުންޏެވެ.
މި ކަމުގައި އޭނާއަށް މަންމައާއި ބައްޕަ، ފިރިމީހާ އަދި އާއިލާގެ އެހެން އެންމެންގެ ފަރާތުން ވެސް ސަޕޯޓު ލިބެއެވެ. އޭނާގެ މަސައްކަތް އެ އެންމެން ވެސްއަގުވަޒަން ކުރެއެވެ.
ހިތުގައި ފަންނަށް އޮތް ލޯތްބާއެކު ޝިފޫ ހުރީ މި މަސައްކަތް ފުޅާކުރުމުގެ އަޒުމާއެކުއެވެ.ޝިފޫގެ ޕޭޖު ދި ހޭންޑްކްރާފްޓްސް.އެމްވީއަށް ދިއުމަޢް މި ލިންކަށް ފިތައިލާށެވެ.

2 އަހަރަށްވުރެ ގިނަ ކުރިން
2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން