-8402fff9.png)
މިރާޝް މޫސާ

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ ---
ރާއްޖޭގައި މިހާތަނަށް ފެށި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު، ރަސްމާލެ މަޝްރޫއުގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށް ނުދާތީ، އެ މަޝްރޫއު ކުރިއަށް ގެންދެވޭނެ އެހެން މޮޑެލް އެއް ހޯދަމުންދާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިއަދު އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް މަޑުޖެހިފައި އޮތީ މަޝްރޫއު ފެށި ފަހުން އެކަމަށް ބޭނުންވާ ފައިސާ ކޮންޓްރެކްޓަރަށް ހަމަ ނުޖެއްސުމުން ކަމަށެވެ. އަދި، ސަރުކާރުން މިހާރު މަސައްކަތް ކުރަނީ އެހެން މޮޑެލްއަކަށް އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެ މަޝްރޫއަށް ބޭނުންވާ ބިން ހިއްކައި ނިންމާލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އޭގަ ވަރަށް ގިނަ ކާމިޔާބީތަކެއް ވެސް ލިބިފައި ހުރީ. އޭގެ ތަފުސީލް އަމަލީ މަސައްކަތް ފެށޭ ހިސާބަށް ދިއުމުން ހާމަކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ މަޝްރޫއަށް މިއަހަރުގެ ބަޖެޓުގައި ޖެހުމަށްފަހު، މަޖިލީހަށް ފޮނުވި ބައި، އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ބަޖެޓުގައި ޖަހައި ނުދިނުން ކަމަށެވެ. އެހެން ފައިނޭންސިން މޮޑެލަކަށް ދާން ޖެހުނީ ވެސް އެހެންވެ ކަން އޭނާ ފާހަގަކުރެއްވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމަށް ފަހު މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮންޓްރެކްޓަރަށް އިތުރު ފުރުސަތު ނުދޭން ސަރުކާރުން ނިންމީ މާލެ ސަރަހައްދުން ބިންތަކެއް ދިނުމުގެ ބަދަލުގައި، ކޮންޓްރެކްޓަރުން މެދުވެރިކޮށް ފައިސާ ހަމަޖައްސައިގެން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ސަރުކާރުން ބޭނުންވާތީ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރަސްމާލޭގައި ފުރަތަމަ އަޅާ 15،000 ހައުސިން ޔުނިޓުގެ މަޝްރޫއު ކުރިއަށް ދާނީ ވަރަށް ބާރު ދުވެލީގައި، ކޮލިޓީ ކޮށް ކަމަށާއި، އެކަމަށް ބޭނުންވާ ފެކްޓަރީ އެތަނުން ވިއްކާ ފުރަތަމަ ބިމުގައި އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

4 ދުވަސް ކުރިން

10 ދުވަސް ކުރިން

11 ދުވަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން

4 މަސް ކުރިން