-8402fff9.png)
އަހްމަދު އިޒްމީމް

އޭދަފުށީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ —- ފޮޓޯ/ ސިޑިބަރި
ނައިންޓީ ޕްލަސް ގޯލްޑްކަޕްގައި ހއ. ދިއްދޫ ރޮއްވާލުމަށްފަހު ބ. އޭދަފުށި ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗު އޭދަފުށިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.
އެ މެޗުން އޭދަފުށި މޮޅުވެ އެ ޓީމު ކުއާޓާއަަށް ދިޔައީ ގްރޫޕްގެ އެއްވަނައިގައެވެ. އެ ޓީމަށް ވަނީ ކުޅުނު ދެ މެޗުން ތިން ޕޮއިންޓު ލިބިފައެވެ. މެޗުން ބަލިވި ދިއްދޫއަށް ވެސް ތިން ޕޮއިންޓު ލިބިފައިވާއިރު އެ ޓީމު ފުލުގައި އޮތީ މައިނަސް އެއް ގޯލާއެކުއެވެ. މިއަދުގެ މެޗުން 1-0 ގެ ނަތީޖާއަކުން ދިއްދޫ ބަލިވި ނަމަވެސް އެޓީމަށް ކުއާަޓާ ފައިނަލުން ޖާގަ ލިބުނީހެވެ. އެ ގްރޫޕްގެ ދެވަނައިގައި އޮތީ ކ. މާފުއްޓެވެ. އެ ޓީމަށް ވެސް ވަނީ ތިން ޕޮއިންޓު ލިބިފައެވެ.
ގޯލްޑް ކަޕަކީ ފުޓުބޯޅައިގެ ފޯރި އަލުން ގެނައުމަށްޓަކައި ނައިންޓީ ޕްލަސްއިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. ރަށްތަކާއި ސިޓީތަކަށް ހާއްސަކޮށް ބާއްވާ އެ މުބާރާތުގައި 17 ޓީމުން ބައިވެރިވެއެވެ.
މުބާރާތުގައި ބައިވެރިވި 17 ޓީމުގެ ތެރެއިން އެންމެ ރަނގަޅުނަތީޖާ ހޯދި 12 ޓީމު ވަނީ ދެވަނަ ބުރަަށް ގޮސްފައެވެ. މުބާރާތުގެ ދެވަނަ ބުރު ކުރިއަށް ގެންދަނީ އެ 12 ޓީމު ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.
-9410c75f.jpg)
4 މަސް ކުރިން

9 މަސް ކުރިން

10 މަސް ކުރިން

12 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
ގާތްގަނޑަކަށް 2 އަހަރު ކުރިން