-8402fff9.png)
ފާތިމަތު މިޝްކާ

ހއ. ދިއްދޫ ފެކްޓްރީން އުފެއްދި ލޮނު
ހއ. ދިއްދޫގައި އިއްޔެ ހުޅުވި ފެކްޓްރީން އުފައްދާ ލޯނު ޖަޕާނަށް އެކްސްޕޯޓްކުރަން ނިންމައިފިއެވެ.
ދިއްދޫގައި ލޮނު އުފައްދާ ފެކްޓްރީއެއް ހުޅުވީ ޖަޕާނުގެ ކުންފުންޏަކުންނެވެ. އެ ފެކްޓްރީ ހިންގުމަށްޓަކައި އެ ރަށު ކައުންސިލުން ވަނީ ޖަޕާނުގެ ކުންފުންޏަކަށް 15،000 އަކަފޫޓުގެ ބިމެއް 15 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ އެ ފެކްޓްރީން އުފައްދާ ލޮނު ޖަޕާނަށް އެކްސްޕޯޓް ކުރުމުގެ އިތުރުން ރާއްޖޭގެ ރިސޯޓްތަކަށް ސަޕްލައިކުރަން ވެސް ނިންމާފައިވާ ކަމަށެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ އެ ފެކްޓްރީގެ ސަބަބުން އެ ރަށަށް އިގްތިސޯދީ ފައިދާތައް ލިބެމުން އަންނަ ކަމަށެވެ. އެ ފެކްޓްރީން ކޮންމެ މަހަކު ކައުންސިލަށް 12،000 ވަރަކަށް ރުފިޔާ ލިބޭނެ ކަމަށް ކައުންސިލުން ލަފާކުރެއެވެ. އަހަރަކަށް ބަލާނަމަ އެއީ 144،000 ރުފިޔާއެވެ.
މީގެ އަހަރެއްހާ ދުވަސްކުރިން ފެށި އެ މަޝްރޫއު މިއަދު ކާމިޔާބުވެފައިވާއިރު، އެކަމުގެ ސަބަބުން އެ ރަށު މީހުންނަށް ވަޒީފާގެ ފުރުސަތުތައް ވަނީ ފަހިވެފައެވެ.
"ކައުންސިލުން ހުޅުވާލީ ދިއްދޫގެ ބިންތަކުގައި އިންވެސްޓްކުރަން ޝައުގުވެރިކަން ހުރި ފަރާތްތައް ހޯދުމަށް. ދެން ޖަޕާނުގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހެޅީ،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ޖަޕާނަށް ފޮނުވައިގެން ރާއްޖޭގެ ކަނޑުގެ ލޮނު ޓެސްޓްކުރިއިރު، އެއީ އެންމެ ކޮލިޓީ ލޮނު ކަމަށް ތަހުލީލުތަކުން ހާމަވެފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"ރާއްޖެއަށް އެތެރެކުރާ ލޮނަށްވުރެ މި ލޮނުގެ ކޮލިޓީ މާ ރަނގަޅު ކަމަށް އެ ބޭފުޅުން ވަނީ ފާހަގަކުރައްވާފައި،" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

9 މަސް ކުރިން

10 މަސް ކުރިން
ގާތްގަނޑަކަށް 2 އަހަރު ކުރިން
ގާތްގަނޑަކަށް 2 އަހަރު ކުރިން
ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން