-8402fff9.png)

ރޯދަމަހަށް ޑައިޓު ކުރައްވާ ފަރާތް ތަކަށް، އައިސް ލެމަން ޓީ އަކީ ތައްޔާރުކޮށްލަން ފަސޭހަ އަނގަޔަށް މީރު ބުއިމެކެވެ. މި ކިޔައިދެނީ އައިސް ލެމަން ޓީ ތައްޔާރުކޮށްލެވޭނެ ފަސޭހަ ރެސިޕީއެކެވެ.
ބޭނުންވާ ތަކެތި:
5 ޖޯޑު ފެން
7 ސައިފަތް ޕެކެޓު
10 މޭޒުމަތީ ސަމުސާ ހަކުރު
3 ސަމުސާ ލުނބޯ ހުތް
2 ލުނބޯ (ވައްކޮށް ކޮށާފައި)
ތައްޔާރުކުރާނެ ގޮތް:
ލެމަން ޓީ ތައްޔާރުކުރުމަށް ފެންފޮދު ކައްކާލާށެވެ. ފެންފޮދު ކެކެން ފެށުމުން އޭގެ ތެރެޔަށް ހަކުރުކޮޅު އެޅުމަށް ފަހު ސައިފަތް ޕެކެޓުތައް ލާށެވެ. ސައި ރަނގަޅަށް ކެކުމުން އެ ހިހޫ ވަންދެން ބަހައްޓާލާށެވެ. ހިހޫ ވުމުން އޭގެ ތެރެޔަށް ލުނބޯ ހުތްކޮޅު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ދެން އައިސްކިއުބް ހުރި ތައްޓަކަށް ކޮށާފައިހުރި ލުނބޯކޮޅު އަޅާލުމަށް ފަހު އޭގެ ތެރެޔަށް ސައިކޮޅު އަޅާ ލާށެވެ.
މިހާ ހިސާބުން މިހިރީ އައިސް ލެމަން ޓީ ތައްޔާރުކޮށް ނިމިފައިއެވެ. ޑައިޓު ކުރައްވާ ބޭފުޅުންގެ މެނޫގައި މިއީ ހިމަނާލަން ވަރަށް ކަމުދާނެ ރެސިޕީއެކެވެ.

9 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
-0fe1cdb3.jpg)
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން