-8402fff9.png)
ބޭކްޑް ލެމަން ޕުޑިން އަކީ ދިވެހިން ތެރޭ މަޝްހޫރު އެއްޗަކަށް ނުވިޔަސް މިއީ ހުތްފޮނި އެއްޗެއްސަށް ލޯބިކުރާ މީހުންނަށް ވަރަށް މީރު ޕުޑިން އަކަށް ވާނެއެވެ. މި ކިޔައިދެނީ ބޭކްޑް ލެމަން ޕުޑިން ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި:
1 މޭޒުމަތީސަމުސާ އަންސޯލްޓެޑް ބަޓަރު
1 ޖޯޑު+2 މޭޒުމަތީސަމުސާ މުގުރި ހަކުރު
3 ބިސް (ދޮންގަނޑު ވަކިކޮށްފަ)
3 މޭޒުމަތީސަމުސާ ފުށް
2 ބޮޑު ފޮނި ލުނބޯ ދިޔަ (ލެމަން)
1 ޖޯޑު ކިރު
ތައްޔާރުކުރާނެގޮތް:
އެންމެ ފުރަތަމަ އަވަން ޕްރީ ހީޓް ކުރަން 350 ޑިގްރީ ސެލްސިއަސް އަށް ހޫނުކުރަން ޖައްސާށެވެ.
ދެން ކުޑަ ބޯތަށްޓެއްގައި ބަޓަރުކޮޅާއި ހަކުރު އެއްކުރާށެވެ. ވެލި ކަހަލަ ޓެކްސްޗާ އެއް އަންނަންދެން އެއްކުުރުމަށްފަހު ބިހުގެ ދޮންގަނޑާއި ފުށް އަޅައި އެއްކުރާށެވެ. ރަނގަޅަށް އެއްވުމުން އޭގެތެރެއަށް ލުނބޯ ދިޔަ އާއި ކިރު އަޅައި ގިރާލާށެވެ.
ކުޑަަ އެހެން ތަށްޓެއް ނަގައި ބިހުގެ ހުދުބައި ފޮނު އަރަންދެން ބާރު ސްޕީޑެއްގައި އެއްކުރާށެވެ. އަދި އެ ބިސްތައް ކުރިން ތައްޔާރުކުރި މިކްސްޗާގެ ތެރެއަށް އަޅައި އަތުން ނުވަތަ ސަމުސަލަކުން މަޑުމަޑުން އެއްކޮށްލާށެވެ.
ދެން އެ މިކްސްޗާ ޓްރޭ އަކަށް އަޅައި އަވަނަށް ލާށެވެ. ގާތްގަނޑަކަށް 35 މިނެޓު ވާއިރު ޕުޑިންގެ މައްޗަށް މަޑު ރަން މުށި ކުލް އެއް އަރާނެއެވެ.
ޕުޑިން ގާނިޝްކުރަން ބޭނުންވާނަމަ މައްޗަށް މުގުރާފައި ހުރި ހަކުރުކޮޅެއް ވިއްސާލާށެވެ.

9 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
-0fe1cdb3.jpg)
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން