-8402fff9.png)

މަރްޔަމް މާޙީ

ފޮޓޯ: ގޫގަލް
ގްރީކް ޝީޓް ޕޭން ޗިކެން އަކީ ސިއްހަތަށް ފައިދާހުރި އެތައް ތަރުކާތީއެއް ހިމެނޭ ތައްޔާތުކޮށްލަން ފަސޭހަ ކެއުމެކެވެ.
6 ކުކުޅު ފައި
1 ޒުކީނީ
1 ބެލް ޕެޕާ
1 ބޮޑު ފިޔާ
1 ބޮނޑި ލޮނުމެދު
20 ޗެރީ ޓޮމާޓޯ
15 އޮލިވްސް
3 ފޮތި ޗީޒް
1 ސައިސަމުސާ ލޮނު
2 ސައިސަމުސާ އަސޭމިރުސް
1 މޭޒުމަތީ ސަމުސާ އޮރިގާނޯ
1/2 ޖޯޑު ތެޔޮ
1 ބޮޑު ލުނބޯ
3 މޭޒުމަތީ ސަމުސާ މަސްޓާޑް
ޕާސްލީ
އެންމެ ފުރަތަމަ ގްރީކް ޝީޓް ޕޭން ޗިކެން ތައްޔާރުކުރަމަށް ޓަކައި ތަރުކާރީކޮޅު ތައްޔާރުކޮށްލާށެވެ. އެގޮތުން ޒުކީނީ, ބެލް ޕެޕާ, ބޮޑު ފިޔާ, ލޮނުމެދު, ޗެރީ ޓޮމާޓޯ, އަދި އޮލިވްސް ކޮށާށެވެ. ޒުކީނީ ކޮށާނީ މެދުން ފަޅައި ފޮތިކޮށެވެ. އަދި ޗެރީ ޓޮމާޓޯއާ އޮލިވްސް މެދުން ފަޅާލާށެވެ. ފިޔާ ކޮށާނީ ދިގަށެވެ. ހުރިހާ އެއްޗެހި ކޮށައި ނިމުމުން އެކައިރީގައި ބަހައްޓާށެވެ.
ދެން ތައްޔާރުކުރާނީ ކުކުޅު ގަނޑެވެ. ކުކުޅު ފިހަން ތައްޔާރުކުރުމަށް ޓަކައި ކުޑަ ބޯ ތަށްޓެއްގެ ތެރެއަށް ތެޔޮ, ލުނބޯ ހުތް, އޮތިގާނޯ, މަސްޓާޑް, އަސޭމިރުސް, އަދި ލޮނު އަޅައި ރަނގަޅަށް ގިރާލާށެވެ. ދެން އެ ސޯސްގަނޑު ކުކުޅުގެ ތެރެއަށް އަޅައި އެއްކޮށްލާށެވެ. އެއްކޮށްލުމަށް ފަހު އަވަން ހޫނު ކުރަން ޖަައްސާށެވެ. އަވަން ޕްރީ ހީޓް ކުރަން ޖައްސާނީ 425 ޑިގްރީ ސެލްސިއަސް އަށެވެ.
ގާތްގަނޑަކަށް 15 މިނެޓު ކުކުޅުގަނޑުގެ އެތެރެއަށް ރަހަ ހިފަންދެން އެއްކައިރީގައި ބަހައްޓާށެވެ.
އެ ގަޑިކޮޅުގައި ޓްރޭ އެއްގައި ކުޑަ ތެޔޮ ފޮދެއް ހާކާލުމަށްފަހު ކޮށި ތަރުކާރީތައް އަތުރާލާށެވެ. އަދި އޭގެ ތެރެއަށް ކުކުޅު ފައިތައް ލައި, މައްޗަށް ޗީޒް ކުނޑިކޮށްފައި އަޅާށެވެ.
ދެން އެ ޓްރޭ އަވަނަށް ލައި 15 މިނެޓު ހިފާށެވެ. ދެން ޓްރޭ ރީތި ކުރުމަށް ޓަކައި މައްޗަށް ޕާސްލީ ކޮޅެއް ކުދި ކޮށްފައި އަޅާލާށެވެ. މިހާ ހިސާބުން ގްރީކް ޝީޓް ޕޭން ޗިކެން މިހުރީ ތައްޔާރުވެފައެވެ.
ގްރީކް ޝީޓް ޕޭން ޗިކެން ބަތާ އެއްކޮށް ވެސް ނުވަތަ ހުހަށް ވެސް ކެވިދާނެއެވެ.

9 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
-0fe1cdb3.jpg)
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން