-8402fff9.png)

ޑީޕް ފްރައިޑް ސޭންޑްވިޗް އަކީ އަނގަޔަށް މީރު ކްރިސްޕީ އެއްޗެއްސަށް ލޯބިކުރާ މީހުންނަށް ހާއްސަ ކެއުމެކެވެ. ތައްޔާރުކޮށްލަން ފަސޭހަ ވެފައި ރަހަ ވެސް އެހާ މީރުވާނެއެވެ.
1 ކުޑަ ޕާން
1/2 ސައިސަމުސާ ލޮނު
1/2 ސައިސަމުސާ އަސޭމިރުސް
1/2 ލުނބޯ
1 މަސްދަޅު
2 ތޮޅި މިރުސް
1 ބޮޑު ފިޔާ
8 ބިސް
1 ކުޑަ ފާރޮށި ކުނޑި ޕެކެޓު
1 ޕެކެޓު ފޮތި ޗީޒް
5 މޭޒުމަތީ ސަމުސާ މަޔޮނައިސް
އެންމެ ފުރަތަމަ ތައްޔާރު ކުރާނީ މަސްގަނޑެވެ. މަސްގަނޑު ތައްޔާރުކުރުމަށް ފިޔާ މޮޑެން ކޮށާހެން ކޮށާށެވެ. ފިޔާކޮޅު ކުޑަ ބޯ ތައްޓެއްގެ ތެރެއަށް އަޅައި، އޭގެތެރެއަށް ލޮނު، އަސޭމިރުސް، މިރުސް އަދި ލުނބޯ ހުތް ޖަހައި އެއްކުރާށެވެ. ރަނގަޅަށް މޮޑުމަށްފަހު މަސްދަޅު އޭގެތެރެއަށް އަޅާށެވެ. އަދި މަޔޮނައިސް އަޅައި އެއްކޮށްލުމުން މަސްގަނޑު ތައްޔާރުވީއެވެ.
ދެންމެ ތައްޔާރުކުރި މަސްގަނޑު ޕާން ފޮތިތަކުގައި ޖަހަން ފަށާށެވެ. ޕާން ފޮތީގައި މަސްގަނޑު ޖެހުމަށްފަހު ޗީޒް ފޮއްޗެއް ލައި، އެ ޕާން ފޮތި ހުރަހަށް ބުރިކޮށްލާށެވެ. މިގޮތަށް މަސްގަނޑު ހުސްވަންދެން ތަކުރާރު ކުރަމުންދާށެވެ.
މިހާރު އެހުރީ އާދައިގެ ސޭންޑްވިޗް ހެދިފައެވެ. ދެން ބިސްތައް ތަށްޓަކަށް ތަޅައި އެ ރަނގަޅަށް ގިރާލާށެވެ. އަދި އޭގެ ތެރެއަށް ފަހަރަކު ސޭންޑްވިޗެއް ލައި ފޯ ކޮށްލުމަށްފަހު، ފާރޮށި ކުނޑިއަށް ލާށެވެ. ހުރިހާ ފަރާތެއްގައި ކުޑި ހޭކުނުކަން ޔަގީން ކުރާށެވެ. މި ގޮތަށް މިކަން ތަކުރާރު ކުރާށެވެ.
ހުރިހާ ސޭންޑްވިޗް ފަޅިއެއް ފާރޮށި ކުނޑިއަށް ލައި ނިމުމުން ދެން ތެއްލަން ތައްޔާރު ވާށެވެ. ތެޔޮ ކޮޅެއް އެޅުމަށްފަހު، އެ ހޫނު ވެލުމުން މޑު ގިނީގައި ސޭންޑްވިޗް ތެއްލާށެވެ. މަޑު މުށި ކުލައެއް އަރަންދެން ސޭންޑްވިޗް ތެއްލާށެވެ.
މިހާހިސާބުން ޑީޕް ފްރައިޑް ސޭންޑްވިޗް ހަދާނިމުނީއެވެ.

9 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
-0fe1cdb3.jpg)
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން