-8402fff9.png)
-0fe1cdb3.jpg)
އޯރިއޯ އަކީ ވަރަށް ގިނަ ކާއެއްޗެހި ތައްޔާރުކުރުމަށް، ހާއްސަކޮށް ފޮނިއެއްޗެހި ތައްޔާރުކުރުމަށް ބޭނުންކުރާ ބިސްކޯދެކެވެ. މިއަދު މި ކިިޔައިދެނީ އޯރިއޯ ބިސްކޯދު ބޭނުންކޮށްގެން ފަސޭހައިން އޯރިއޯ ޑެޒާޓް ޕޮޓްސް ތައްޔާރުކޮށްލެވިދާނެ ގޮތުގެ ރެސިޕީއެކެވެ.
ބޭނުންވާ ތަކެތި
1 ބޮޑި އޯރިއޯ ބިސްކޯދު
1 ޖޯޑު ވިޕްކްރީމް
2 ސަމްސާ ބަޓަރު
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ އޯރިއޯ ބިސްކޯދުގެ ކްރީމް ގަނޑާ ބިސްކޯދު ވަކިކޮށްލާށެވެ. އަދި ބިސްކޯދުތަށް ހިމުންކޮށް މުގުރާލާށެވެ. ދެން ބަޓަރުކޮޅު މަޑު ގިނީގައި ވިރުވާލިމަށް ފަހު އޭގެ ތެރެޔަށް ބިސްކޯދުގެ އެއްބައި އަޅާށެވެ. ބަޓަރުކޮޅާއި ބިސްކޯދު ރަނގަޅަށް އެއްވުމުން ބިއްލޫރި ތައްޓަކަށް އަޅާ ރަނގަޅަށް ފަތުރާލާށެވެ.
ވިޕް ކްރީމްގެ ތެރެޔަށް ބިސްކޯދުން ނެގި ކްރީމްކޮޅު އަޅާ ވިޕް ވަންދެން ރަނގަޅަށް ގިރާލާށެވެ. ކްރީމް ކޮޅު ވިޕްވުމުން ފަތުރާލި ބިސްކޯދުގެ މައްޗަށް އަޅާލާށެވެ. މިގޮތަށް ދެތިން ލެޔާ އެޅުމަށްފަހު ފިނިކުރުމަށް 2 ގަޑިއިރު ވަރު ބަހައްޓާލާށެވެ.
މިހާރު މިހިރީ އޯރިއޯ ޑެޒާޓް ޕްޓްސް ތައްޔާރުކޮށް ނިމިފައިއެވެ. މި ރެސިޕީއަކީ ގޭގައި ތައްޔާރުކޮށްލުމަށް ފަސޭހަ ރެސިޕީއެކެވެ.

9 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން