-8402fff9.png)

ރޯދަ މަހުގެ ވަރުބަލިކަމާއި ކަރުހިއްކުން އެއްފަހަރާ ފިލުވައި ހަނދާން ނައްތައިލަން ކޮކޮނަޓް އައިސްކްރީމް އަކީ ތައްޔާރުކޮށްލަން ރަނގަޅު ޑިޒާޓެކެވެ. ތައްޔާރުކޮށްލަން ފަސޭހަވި ނަމަވެސް އެއީ ގިނަ ވަގުތު އިއިސްކްރީމަށް ވުމަށް ޓަކައި ބޭނުންވާ އެއްޗެކެވެ.
ބޭނުންވާ ތަކެތި: (އެކަކަށްވާ ވަރަށް)
1 ދަޅު ކާށި ކިރު
1/3 ޖޯޑު ހުދު ހަކުރު
1 ސައިސަމުސާ ވެނީލާ އެސެންސު
1/8 ސައިސަމުސާ ލޮނު
ތައްޔާރުކުރާނެގޮތް:
ކޮކޮނަޓް އައިސްކްރީމް ތައްޔާރުކުރުމަށް ޓަކައި ކާށި ކިރު ކޮޅާއި، ހަކުރު، ވެނީލާ އެސެންސު އަދި ލޮނު ކޮޅު ކުޑަ ބޯތަށްޓަކަށް އަޅައި، އެއްކުރާށެވެ. ހަކުރުގަނޑު އެއްކޮށް ގިރިގެން ދަންދެން ގިރަންވާނެއެވެ. ދެން އެ މަތިޖެހޭ ގޮތަށް ހުންނަ ވައި ނުވަންނަ ކޮންޓޭނަރަކަށް އަޅައި ގަނޑުކުރާބަޔަށް ލާށެވެ. ރަނގަޅަށް ފިނި ކުރުމަށް ޓަކައި 2-3 ގަޑިއިރު ފިނިކޮށްލާށެވެ.

9 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
-0fe1cdb3.jpg)
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން