-8402fff9.png)

ކޭކުގެ ބާވަތްތަކުގެ ތެރެއިން މަފިން އަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ ފޮނި ކާއެއްޗެކެވެ. މިއަދު މި ހިއްސާ ކޮށްލަނީ ޓްރިޕްލް ބްލޫމެރީ މަފިން މަފިން ތައްޔާރުކޮށްލެވިދާންގޮތުގެ ރެސިޕީއެކެވެ.
ބޭނުންވާ ތަކެތި
އޯރިއޯ ބިސްކޯދު
1 މޭޒުމަތީ ސަމްސާ ބޭކިން ޕައުޑާ
2 ޖޯޑު ރޯކިރު
½ ޖޯޑު ބްލޫ ބެރީ
½ ޖޯޑު ހަކުރު
ވިޕިން ކްރީމް
ތައްޔާރުކުރާން ގޮތް
އެންމެ ފުރަތަމަ އޯރިއޯ ބިސްކޯދުތައް ރޯކިރުގެ ތެރެޔަށް އެޅުމަށް ފަހު 20 މިނެޓުވަރު ވަރު ބަހައްޓާލާށެވެ. ބިސްކޯދުތައް ރަނގަޅަށް މަޑުވުމުން ގިރާލާށެވެ. އޭގެ ތެރެޔަށް ބޭކިން ޕައުޑާ ކޮޅު އަޅާލާށެވެ. ރަނގަޅަށް އެއްވުމުން މަފިން ކަޕްއަށް އެޅުމަށް ފަހު 20 މިނެޓު ވަންދެން މައިކްރޯވޭވްކޮށްލާށެވެ.
މަފިންގެ ފިލިންގްސް ތައްޔާރުކުރުމަށް ހަކުރުކޮޅު މަޑު ގިނީގައި ބްރައުން ވަންގެން ކައްކާލުމަށް ފަހު ބްލޭބެރީތަށް އޭގެ ތެރެޔަށް އަޅާލާށެވެ. ރަނގަޅަށް އެއްވަންދެން މަޑުގިނީގައި ކައްކާލާށެވެ. މަފިން ތައްޔާރުވުމުން ހިހޫކޮށްލަން 10 ވަރަކަށް މިނެޓު ބަހައްޓާލާށެވެ. ހިހޫ ވުމުން މަފިންގެ ތެރެޔަށް ފިލިންގްސް އަޅާލާށެވެ.
ވިޕްކްރީމް ރަނގަޅަށް ވިޕް ވަންދެން ގިރާލާށެވެ. އަދި ކުޑަކޮށް ވިޕްވާން ކައިރިވުމުން ފިލިންސްއަށް ތައްޔާރުކުރި އެތިކޮޅުގެ ތެރެއިން ކުޑަ އެތިކޮޅެއް ވިޕްކްރީމްގެ ތެރެޔަށް އަޅާ ރަނގަޅަށް ވިޕްކޮށްލާށެވެ. ވިޕްވުމުން ،ަފިންގެ މަތީގައި ކްރީމްކޮޅު ޖަހާށެވެ.
މިހާރު މިހިރީ ޓްރިޕްލް ބްލޫބެރީ މަފިން ތައްޔާރުކޮށް ނިމިައިއެވެ. މިއީ ބިޒީ ދުވަހެއްގައި މަދު ވަގުތު ކޮޅެއްގެ ތެރޭ ތައްޔާރުކޮށްލެވިދާނެ ފަސޭހަ ރެސިޕީއެކެވެ.

9 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
-0fe1cdb3.jpg)
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން