-8402fff9.png)

ކޮފީއަކީ އަހަރުމެން ދިވެހިންގެ ތެރޭގައި އެންމެން ބޮއެއުޅޭ އެއް ބުއިމެވެ.ޑަލްގޯނާ މިލްކްޝޭކް އޭ ބުނުމުން ދިވެހިންނަށް އާ ނަމަކަށް ނުވާނެއެވެ. މިއީ ކޮފީއަށް ލޯބިކުރައްވާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ބުއިމަކަށް ވާނެއެވެ. މިފަހަރު މި ހިއްސާކޮށްލަނީ ޑަލްގޯނާ މިލްކްޝޭކް ހަދާނެގޮތެވެ.
ބޭނުންވާ ތަކެތި
2 ސަމުސާ ކަޅު ކޮފީ
2 މޭޒުމަތީ ސަމުސާ ހަކުރު
ކުޑަ ފެންފޮދެއް ( ކޮފީ އަދި ހަކުރުކޮޅު އެއްކޮށްލެވޭވަރަށް)
1 ޖޯޑު ރޯ ކިރު
2 ސްކޫޕް ވެނިލާ އައިސްކްރީމް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ކޮފީއާއި ފެންފޮދު އޮލަވަންދެން ފެންފޮދެއްގައި ގިރާލާށެވެ. މިކަން ކޮސްލުމަށް މިކްސަރެއް ފަދަ އެއްޗެއް ބޭނުންކޮށްލެވިދާނެއެވެ. ދެން އޭގެ ތެރެޔަށް ކިރު އަދި އައިސްކްރީމް ކޮޅު އަޅާ މިކްސަރުން ރަނގަޅަށް ގިރާލާށެވެ.
ތައްޓަކަށް އައިސްކިއުބް އެޅުމަށްފަހު ކޮފީ އޭގެ ތެރެޔަށް އަޅާލާށެވެ އަދި ތައްޔާރުކުރި ކޮފީކޮޅުގެ އެއްބައި މައްޗަށް އަޅާލާށެވެ. އޭގެ އިތުރުން އިތުރަށް ރަހަ މީރުކޮސްލަން އިތުރު އައިސްކްރީމް ކޮޅެއްވެސް ލާށެވެ.
މިހާރު މިހިރީ ޑަލްގޯނާ މިލްކް ޝޭކް ތައްޔާރުކޮށް ނިމިފައުއެވެ. މިއީ ރޯދަވީއްލާ ގަޑިޔަށް ހަމަ އެންމެ ބެސްޓްއެވެ.

9 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
-0fe1cdb3.jpg)
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން