-8402fff9.png)

ޒަމާނަށް އައި ބަދަލުތަކާއެކު ފަންޏު ބަރަބޯ އެކި ގޮތްގޮތަށް ހެދި ކަމުގައި ވީނަމަވެސް، މި ހިއްސާކޮށްލަނީ ، ލ.މާވަށުގައި ފަންޏު ބަރަބޯ ހަދައިއުޅޭ ގޮތެވެ. ރާއްޖޭގެ ބައެއް ހިސާބުތަކުގެ މީހުން ފަންޏު ބަރަބޯއަށް ބަރަބޯ ހަލުވާ ނުވަތަ ބޯކުރި ބަރަބޯ ވެސް ކިޔާއުޅެއެވެ. އަނގަޔަށް މީރު ފޮނި ކެއުމަކުން މޭޒުމަތި ފަޅުފިލުވާލަން މީ ހަަަމަ އެންމެ ފައްކާ އެކައްޗެވެ.
3 ޖޯޑު ބަރަބޯ (ކުދިކޮށް ކޮށާފައި)
1 ޖޯޑު ހަކުރު
ރާނބާ ފަތް
ކާފޫރު ތޮޅި (15-20)
އެންމެ ފުރަތަމަ ކޮށާފައިވާ ބަރަބޯތައް ތެއްޔަކަށް އަޅާލުމަށްފަހު އޭގެ ތެރެއަށް ހަކުރުކޮޅު އަޅާލާށެވެ. ދެން އެއަށް ރާނބާ ފަތް އަޅައިލުމަށްފަހު، މަތި ޖަހައި މަޑު ގިނީގައި ރަނގަޅަށް ކައްކާލާށެވެ. ރާނބާފަތް އަޅާނީ ގާތްގަނޑަކަށް 4 އިންޗިއަށް ބުރިކުރުމަށްފަަހުގައެވެ.
އިރުކޮޅަކު ކައްކާލުމުން ބަރަބޯ ތަކުން ފެން ނިކުންނާނެއެވެ. އަދި ކައްކަމުން ދާއިރު ދޭތެރެ ދޭތެރެއިން ދޭފަތުން ބަރަބޯކޮޅު ހަލުވާލާށެވެ. އަދި މިގޮތަށް މަޑު ގިނީގައި ހަކުރު ގަނޑު ތަތްވަންދެން ކައްކާށެވެ. ނިމޭއިރު ބަރަބޯކޮޅު ހުންނާނީ ރަން މުށި ކުލައެއްގައެވެ.
މިހާ ހިސާބުން ފަންޏު ބަރަބޯ މިހުރީ ތައްޔާރު ވެފައެވެ.

9 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
-0fe1cdb3.jpg)
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން