-8402fff9.png)

ރޯދަ ވީއްލުމަށް ދިވެހި ކާއެއްޗެއް ކާން ބޭނުން ނަމަ ދޮންކެޔޮ ކަޖޫ އަކީ ތައްޔާރުކޮށްލުމަށް އެންމެ އެކަށީގެންވާ އެކައްޗެވެ. މި ކިޔައިދެނީ ދޮންކެޔޮ ކަޖޫ ތައްޔާރުކޮށްލެވިދާނެ ރެސިޕީއެކެވެ.
ބޭނުންވާ ތަކެތި:
1 ގަބުޅި ހުނި
1/3 ހަކުރު
1 މޭޒުމަތީ ސަމުސާ ބޭކިން ޕައުޑާ
6 ވަށް ދޮންކެޔޮ
1/2 ފުށް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ދޮންކެޔޮ ކޮޅު ޗަސް ކޮށްލުމަށް ފަހު އޭގެ ތެރެޔަށް ގަބުޅި ހުނިކޮޅު އަޅާ ރަނގަޅަށް އެއްކޮށްލާނީއެވެ. ދޭތި ރަނގަޅަށް އެއްވުމުން އޭގެ ތެރެޔަށް ހަކުރުކޮޅު އަޅަ ލާށެވެ. ހަކުރުކޮޅު ރަނގަޅަށް ވިރުމުން ފުށް އަދި ބޭކިން ޕައުޑާ ކޮޅު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.
މަޑު ގިނީގައި ތެޔޮކޮޅި ރަނގަޅަށް ހޫނުވުމުން ސަމްސަލަކުން ތެޔޮގަނދުގެ ތެރެޔަށް ލާ ތެލުލާށެވެ. މިހާ ހިސާބުން މިހިރީ ދޮންކެޔޮ ކަޖޫ ތައްޔާރުކޮށް ނިމިފައިއެވެ. މިއީ ދިވެހިންގެ ސުފުރާމަތިން ކުރިން ވަރަށް ގިނައިން ފެންނަ ވަރަށް މީރު ހެދިކާއެކެވެ.

9 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
-0fe1cdb3.jpg)
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން