-8402fff9.png)
މިރާޝް މޫސާ

އީޒެޕް --
ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހަނިވެފައިވާ މި ދުވަސްވަރު، އަމިއްލަ ވިޔަފާރިއެއް ފެށުމަކީ ޒުވާނުންނަށް ފަހި މުސްތަގުބަލެއް ބިނާކުރެވެން އޮތް އެއް މަގެވެ. ނަމަވެސް އަމިއްލަ ވިޔަފާރިއެއް ފެށުމުގައި ހުރަސްތަކެއް ހުރެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު ގޮންޖެހުމަކީ ވިޔަފާރި ފެށުމަށް ބޭނުންވާ ރައުސުލްމާލު/ ކެޕިޓަލް ހޯދުމެވެ.
ޒުވާން މެނޭޖްމަންޓެއް އޮންނަ "އީޒެޕް" އިން މިހާރު ވަނީ ޒުވާނުންނަށް އެއްވެސް ރައުސުލްމާލެއް ނެތިވެސް އަމިއްލަ ވިޔަފާރިވެރިއަކަށް ވުމުގެ ފުރުސަތު ހުޅުވާލުމަށް ތައްޔާރު ވެފައެވެ. މިކަމަށް ޝައުގުވެރިވާ ޒުވާނުން އަވަހަށް އީޒެޕްގެ ޓީމާ ބައްދަލުކުރުމަށް ކުންފުނިން އިލްތިމާސްކޮށްފައިވެއެވެ.
މި ބައްދަލުވުމަށް ގޫގުލް ފޯމެއް މެދުވެރިކޮށް އެދެވޭގޮތަށް އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ. އިތުރު މަޢުލޫމާތު ހޯދުމަށް އީޒެޕްގެ ވަޓްސްއެޕް ހޮޓްލައިން ނަންބަރު 7560606 އަށް މެސެޖުކޮށްލުމުން ލިބޭނެއެވެ.
"އަޅުގަނޑުމެންވެސް ބޮޑުވެގެން މި އައީ އެކި ކަހަލަ ތަންތާ އެކި ރައްޓެހިންނާ ދިމާވެ ޒުވާނުންނަށް ހުރި ގޮންޖެހުންތައް ތަޖުރިބާ ކުރަމުން. އޭރުވެސް މިހާރުވެސް އެންމެ އުނދަގުލީ ހަމަ އެހީވެދޭނެ ފަރާތެއް. މިއަދު ﷲގެ ރަޙްމަތުން އަހަރެމެންނަށް މި ވިޔަފާރި ފެއްޓުނީމަ ހަމަ ބޭނުންވަނީ ޒުވާނުންނަށް އަހަރެން ބޮޑުވެގެން އައި އިރު ނުލިބުނު ފުރުސަތު ހޯދަދޭން." އީޒެޕްގެ ސީއީއޯ މައުރޫފް އަބްދުލްހަކީމް ވިދާޅުވިއެވެ.
އީޒެޕަކީ 2025 ވަނަ އަހަރުގެ ކުރީކޮޅު ލޯންޗްކުރި ދިވެހިރާއްޖޭގެ ފުރަތަމަ "ސުޕައެޕް" އެވެ. މި އެޕް ތަފާތު ގިނަ ހިދުމަތްތަކަކާއެކު ފަށައިގަތުމާއެކު، ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވެއެވެ. ހާއްސަކޮށް ކުންފުނިން ގެންގުޅޭ ތަފާތު މާކެޓިންގ ކޮންސެޕްޓްތަކާއި މަޖާޒީ ސްޓައިލް އަކީ މި ކުންފުނީގެ ހާއްސަ ސިފައެކެވެ.
މިއީ 100% ދިވެހިންގެ ހިއްސާއޮންނަ ކުންފުންޏަކަށްވެފައި، ދިވެހި ޒުވާނުންނަށް ވިޔަފާރި ކުރުމަށް މަގުފަހިކޮށްދިނުމަށް ކުރާ މަސައްކަތަކީ ދިވެހިންގެ އިޤްތިޞާދު ދިވެހިންގެ އަތަށް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށް ބެލެވެއެވެ. ރާއްޖޭގައި ގިނަ ކުންފުނިތަކަކުން ފުޑް ޑެލިވަރީގެ ޚިދުމަތް ދޭއިރު، ސައްތައިން ސައްތަ ދިވެހި ކުންފުނިތައް މި ވިޔަފާރީގައި މަދުކަން ފާހަގަކުރެވެއެވެ.

ގާތްގަނޑަކަށް 1 އަހަރު ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
-b9cd0138.jpeg)
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން