-8402fff9.png)
ސައިފުﷲ އަލީ

އީޒެޕާއި، އެމްއައިބީއާ އެކު ވެވުނު އެއްބަސްވުމުގައި ސޮއިކުރުން ---
ރާއްޖޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސުޕަ އެޕެއް ކަމަށްވާ އީޒެޕުން ކުރާ މުއާމަލާތްތައް ވިސާ އަދި މާސްޓާ ކާޑު މެދުވެރިކޮށް ކުރެވޭގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެމްއައިބީގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އީޒެޕްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އީޒެޕް ގެ މެނެޖިން ޑިރެކްޓަރ އަޙްމަދު މަޢުރޫފް އަބްދުލް ޙަކީމްއެވެ.އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ މުފައްދަލް އިދްރީސް ޚުމްރީ އެވެ.
އީޒެޕުން ބުނީ މި އެއްބަސްވުމާއެކު އެ އެޕް މެދުވެރިކޮށް ހޯދާ ޚިދުމަތްތަކަށް އެމްއައިބީގެ ގްލޯބަލް ޕޭ މެދުވެރިކޮށް ކޮންމެ ވިސާ އަދި މާސްޓާ ކާޑަކުންވެސް ފަސޭހަމާއެކު ފައިސާ ދައްކާލެވޭނެ އެވެ.
އީޒެޕުން ބުނި ގޮތުގައި އެމް އައި ބީ ގްލޯބަލް ޕޭ އިންޓަގްރޭޓް ކުރުން އޮތީ ޓެސްޓިން މަރުހަލާގައި ގައި ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މޭ މަސް ތެރޭގައި އިންޓަގްރޭޝަން ނިންމާލައި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ކާޑުން ކަނޑާލެވޭނެ ގޮތް ފަހި ވާނެ" އީޒެޕްގެ އޮފިޝަލަކު ވިދާޅުވިއެވެ.
މި ޚިދުމަތް ތައާރަފް ކުރުމާއެކު، ކޮންމެ ބޭންކެއްގެ ވިސާ އަދި މާސްޓަރ ކާޑު އީޒެޕްގައި ބޭނުން ކުރެވޭނެއެވެ.
ސުޕައެޕެއްގެ ގޮތުގައި ދާދި ފަހުން ލޯންޗުކުރި އީޒެޕް މެދުވެރިކޮށް ފުޑް ޑެލިވަރީގެ އިތުރުން ގޭތެރެއަށް ބޭނުންވާ ހުރިހާ ސާމާނަކާއި، ކަންމަތީ ފިހާރައަކުން ލިބޭ ހުރިހާ އެއްޗެއް ވެސް ލިބެން ހުންނާނެއެވެ.
މީގެ އިތުރުން ޓެކްސީއާއި، ސައިކަލު ޓެކްސީގެ ޚިދުމަތް ވެސް އެ އެޕް މެދުވެރިކޮށް ވަނީ ފަށާފަ އެވެ.ޑްރައިވަރުން އިތުރުވީ ވަރަކަށް އެ ޚިދުމަތް އިތުރަށް ފުޅާވާނެ ކަމަށް އީޒެޕުން ބުނެއެވެ.އެއްވެސް ކަމިޝަނެއް ނުވަތަ ފީ އަކާ ނުލައި ޑްރައިވަރުންނަށް އީޒެޕާ ގުޅުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
އީޒެޕަކީ ދިވެހި ކުދި ވިޔަފާރިތަކުގެ ބޭނުންތަކަށް އަމާޒުކޮށްގެން ދިވެހި ޒުވާނުންތަކެއް އިސްވެ އުފައްދާފައިވާ އެޕެކެވެ.މި އެޕް މެދުވެރިކޮށް ޚިދުމަތް ދޭން ބޭނުންވާ ވިޔަފާރިތަކަށް 7560606މެދުވެރިކޮށް ވަޓްސެޕް މެސެޖް ކުރައްވައިގެން ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.އަދި އީޒެޕުން ޙިދްމަތް ދޭން ބޭނުންވާ ފަރާތްތައް ގިނަވުމުން ގުޅުއްވުމުގެ ބަދަލުގައި މެސެޖް ކުރެއްވުމަށް އީޒެޕުން އެދިފައިވެއެވެ.
-60dc2756.jpg)
5 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
-b9cd0138.jpeg)
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން