-8402fff9.png)
މިރާޝް މޫސާ
-b9cd0138.jpeg)
މޯލްޑިވްސް ފުޑް ކާނިވަލުގެ ތެރެއިން - އީޒެޕް ގްރައުންޑުގައި ހުންނަ ގަން ރޭންޖް
ހިޖުރީ އާ އަހަރު ފާހަގަކުރުމަށް މިއަދު ބަންދުވުމުން، ކުރިއަށް އޮތް ދެ ދުވަހާއެކު މިފަހަރު މިއޮތީ ދިގު ހަފްތާ ބަންދެއްގެ ނަސީބު ގިނަ ބަޔަކަށް ލިބިފައެވެ. އެކަމަކު އާންމުކޮށް މިފަދަ ހާލަތްތަކުގައި އުޅޭހެން، ކުރާނެ ކަމެއް ނެތިގެން ގޭގައި އޮންނާކަށް ނުޖެހޭނެއެވެ.
އީޒެޕުން މެއިން ސްޕޮންސަރުގެ ގޮތުގައި ބައިވެރިވާ މޯލްޑިވްސް ފުޑް ކާނިވަލް އިއްޔެއިން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށް ދާނެެއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ދާ މި އިވެންޓަށް ވަދެފި މީހަކު ފޫހިވާނެ ގޮތަކީ ނެތް ގޮތެވެ.
އެގޮތުން ކާނިވަލުގައި ހުރި ސްޓޯލްތަކުން ލިބޭ އެކިއެކި ޝައުގުވެރި ކާނާގެ ބާވާތްތަކުގެ އިތުރުން، އެކި ކުޅިވަރުތައް ވެސް ކުޅެވެން އެބަހުއްޓެވެ. ހަމައެކަނި އީޒެޕް ގްރައުންޑަށް ބަލައިލި ކަމުގައި ވިޔަސް މުޅިން ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން، "ސްކުއިޑް ގޭމް" ތީމަށް ހަދާފައިވާ ގަން ރޭންޖުގައި ބަޑީގެ އަމާޒު ހުރިވަރު ޓެސްޓުކޮށްލުމާއި، ނާމާން ގަނޑުވަރުގެ ބިރުވެރިކަން ޓެސްޓުކޮށްލުމަކީ އެންމެ ފާހަގަކޮށްލެވޭ ކަންކަމެވެ. މީގެ އިތުރުން ވެސް، ކާނިވަލުގައި ހުރި އާކޭޑްގައި ތަފާތު އެކި ގޭމްތައް ތަޖުރިބާކޮށްލަން ލިބޭނެއެވެ.
މި ހަރަކާތްތައް ކުރިއަށްދާއިރު، ސްޓޭޖްގައި ރާއްޖޭގެ ހުނަރުވެރި ބޭންޑުތަކުގެ ޕާފޯމެންސްތައް ކުރިއަށްދާނެއެވެ. އިއްޔެއިން ފެށިގެން ކޮންމެ ދުވަހަކު --- އިން ----އަށް ކާނިވާ ހުޅުވާފައި ހުންނާނެއެވެ.
މި ބަންދުގެ ބޭނުން ހެޔޮގޮތުގައި ހިފާ، އާއިލާއާއި، ރައްޓެހިންނާ ގުޅުން ބަދަހިކޮށްލުމަށް މި ވަރުގެ ތަނެއް ނެެތެވެ.

ގާތްގަނޑަކަށް 1 އަހަރު ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން