-8402fff9.png)

މަރްޔަމް މާޙީ

ރާއްޖޭގެ އެންމެ ބާރަށް ކުރިއަރަމުން އަންނަ އީޒެޕް ޑައުން ވެއްޖެއެވެ.
އީޒެޕްގެ ސީއީއޯ ބުނީ އަންދާޒާ ނުކުރެވޭ ވަރަށް އެއް ފަހަރާ އެޕް ޑައުންލޯޑް ކޮށްފައިވާތީ، އާ ސެކިއުރިޓީ ބްރީޗަކުން ރައްކާތެރިވުމުގެ ގޮތުން ސާވާތައް ކުއްލި ގޮތަކަށް އަޕްގްރޭޑް ކޮށްފައިވާ ކަމަށެވެ.
އަދި މި ވަގުތު ކަސްޓަމަރުންގެ ސެކިއުރިޓީއަށް ޓަކައި ސާވާ އެއްކޮށް އަޕްގްރޭޑް ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
“ އަދިވެސް މައްސަލަ ކުރިމަތިވާ ކަމުގައި ވާނަމަ، ރެސްޓޯރަންޓްތަކާއި، ފިހާރަތަކާއި، ޑްރައިވަރުން ހިމެނޭ ގޮތަށް އެއްވެސް މައްސަލަ އެއް ދިމާވާނަމަ، އެޕް އަލުން ޑައުންލޯޑް ރީ އިންސްޓޯލް ކުރުމުން ރަނގަޅު ވާނެ،” އީޒެޕްގެ ސީއީއޯ ބުންޏެވެ.
އީޒެޕް އިން ވަނީ ހިދުމަތް މެދުކެނޑުމާ ގުޅިގެން ކަސްޓަމަރުންނަަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ. އަދި އީޒެޕަށް ދެއްވި ތަރުހީބަށް ޝުކުރު ވެސް އަދާ ކުރިއެވެ.
އިތުރު މައުލޫމާތެއް ސާފު ކުރައްވަން ބޭނުންވާނަމަ 7560606 އަށް ވަޓްސްއެޕް ކުރެއްވުމަށް އީޒެޕް އިން ވަނީ ބުނެފައެވެ.

ގާތްގަނޑަކަށް 1 އަހަރު ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
-b9cd0138.jpeg)
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން