-8402fff9.png)
ސައިފުﷲ އަލީ

މިހާރު ކުރިއަށްދާ ކްލަބް ފުޓުބޯޅައިގެ އެންމެ ބޮޑު މުބާރާތް "ފީފާ ކްލަބް ވޯރލްޑްކަޕް"ގެ މީޑިއާނެޓު ކަވަރޭޖް ޓައިޓަލް ސްޕޮންސަރއަކަށް ރާއްޖޭގެ ފުރަތަމަ ސުޕަރ އެޕް "އީޒެޕް" ހަމަޖެހިއްޖެއެވެ.
މި ސްޕޮންސަރޝިޕް އެގްރީމެންޓްގައި ސޮއި ކުރުމަށް ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. ގިނަ އަދަދެއްގެ ޚިދުމަތްތަކެއް ހިމެނޭ އެޕްލިކޭޝަން "އީޒެޕް" އަކީ ދިވެހިރާއްޖޭގެ ފުރަތަމަ ސުޕަރ އެޕްލިކޭޝަންއެވެ. މި އެޕު ތަރައްގީކޮށްފައިވަނީ ރާއްޖޭގައި އޮންލައިންކޮށް މިހާރު ދެވޭ ގިނަ ޚިދުމަތްތައް އެއްތަނަކުން ދެވޭ ގޮތަށެވެ. އޭގެ ތެރޭގައި މަޝްހޫރު ރެސްޓޯރަންތަކުން ކާބޯ އެއްޗެހި އޯޑަރުކުރުމާއި، ގްރޯސަރީ ޑެލިވެރީ، ޓްރާންސްޕޯރޓް (ޓެކްސީ) ބުކް ކުރުމުގެ ޚިދުމަތާއި ފޮޓޯގްރަފީ އަދި ކްލީނިންގް ސާވިސަސް ފަދަ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް ވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ބުކް ކޮށްލެވޭނެއެވެ.
ފީފާ ކްލަބް ވޯރލްޑްކަޕް ކުރިއަށްދާނީ ޖޫން 15 އިން ޖުލައި 14ގެ ނިޔަލަށެވެ. ޖުމްލަ 32 ޓީމު ވާދަކުރާ މި މުބާރާތުގައި ރެއާލް މެޑްރިޑް، މެންޗެސްޓަރ ސިޓީ، ޗެލްސީ، ބަޔާރން މިއުނިކް ފަދަ ފުޓުބޯޅައިގެ އެންމެ ވަރުގަދަ ޓީމުތައްވެސް ފެނިގެންދާނެއެވެ.
މި މުބާރާތް ކުރިއަށް ދާއިރު މީޑިއާނެޓު އަދި އީޒެޕް ގުޅިގެން ޚާއްސަ ޗެލެންޖްތަކެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ކޮންމެ މެޗް ވީކެއްގައި ސްކޯދިމާ ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ކޮންމެ ހަފްތާއަކު ޚާއްސަ ވައުޗަރ ކޫޕަންތަކެއް އީޒެޕްގެ ފަރާތުން ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުގައި އެންމެ ގިނަ ސްކޯ ދިމާކުރާ ފަރާތަކަށް ގްރޭންޑް ޕްރައިޒްއެއް ގޮތުގައި ނިންޓެންޑޯ ސްވިޗް 2 އެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.
އީޒެޕް ޑައުންލޯޑު ކުރުމަށް:
އެޕަލް އައިއޯއެސް: https://apps.apple.com/us/app/eeezap/id6738035354
އެންޑްރޮއިޑް: https://play.google.com/store/apps/details?id=com.eeezap.customer

ގާތްގަނޑަކަށް 1 އަހަރު ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
-b9cd0138.jpeg)
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން