-8402fff9.png)
ފާތިމަތު މިޝްކާ

ހދ. ކޭލަކުނާއި ށ. ފަރުކޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ނޭޗާ ޕާކު ތަރައްގީ ކުރުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އާއި މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަމާ ބެހޭ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ފާއިޒެވެ. އެމްޓީޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން އަހްމަދު ނިޔާޒެވެ.
ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ކޭލަކުނާއި ފަރުކޮޅު ހިމާޔަތްކޮށްފައިވާތީ މި މަޝްރޫއުގެ ދަށުން އެ ރަށްތަކުގައި ނޭޗާޕާކުގެ މަސައްކަތް ކުރާނީ އެ ކަމާ ބެހޭގޮތުން ހެދިފައިވާ ހާއްސަ ގަވާއިދުތަކާ އެއްގޮތްވާގޮތުގެމަތިން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތަކުގެ ތެރެއިން އުތުރުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަން ފުޅާ ކުރުމާއި، ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކު ގާއިމްކުރުމުގެ މަސައްކަތާ ގުޅިގެން ކުރެވޭ މަސައްކަތެކެވެ.
މި މަޝްރޫއުގެ ދަށުން ޕްލޭންކޮށްފައިވާ މަސައްކަތްތައް ކުރިއަށް ގެންދާނީ މިނިސްޓްރީގެ ޓެކްނިކަލް ލަފަޔާ އެއްގޮތްވާ ގޮތުގެ މަތިން ހަތަރު މަރުހަލާއަކަށް ބަހާލައިގެން އެއްއަހަރު ދުވަހުގެ މުއްދަތަށެވެ.
ކޭލަކުނަކީ ބަރު ގަހުގެ ޖަންގައްޔެއް އެކުލެވިގެންވާ ރަށެކެވެ. އެ ރަށަކީ މިފަދަ ގޮތަކަށް ރާއްޖޭގައި އޮތް ހަމައެކަނި ރަށެވެ. އެ ރަށަކީ މީގެކުރިން މީހުން ދިރިއުޅުނު ރަށެކެވެ. 1820 ވަނަ އަހަރު ކުރި ގަދަ ވިއްސާރައިގެ ސަބަބުން އެ ރަށުގައި މީހުންނަށް ދިރިނޫޅެވޭ ވަރު ވުމުން އެ ރަށު މީހުން ވަނީ އެހެން ރަށަކަށް ހިޖުރަކޮށްފައެވެ.
ށ. ފުނަދޫގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ފަރުކޮޅަކީ ހިމާޔަތްކޮށްފައިވާ ރަށެކެވެ.

8 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން
-73e17e2b.jpg)
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން