-8402fff9.png)
ފާތިމަތު މިޝްކާ
ރައީސް އުކުޅަހަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
އއ. އުކުޅަހުގައި ތަރައްގީކުރާ ހައުސިން ޔުނިޓުތަކުގެގެ ބިންގާ އަޅައި އެ ރަށުގައި އައިސްޕްލާންޓެއް އެޅުމަށް ހަވާލުކޮށްފި އެވެ.
އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްގީކުރުމަށް ހަވާލުކޮށްފަވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްގީއާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރު އިބްރާހިމް އަޒީމެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 6ވަނަ ދުވަހު މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވާއިރު މި މަސައްކަތް ނިންމުމަށް ދީފައިވަނީ 1 އަހަރާ 7 މަސް ދުވަހެވެ.
މީގެ އިތުރުން އެ ރަށުގައި 5 ޓަނުގެ އައިސްޕްލާންޓެއް ގާއިމުކުރުމަށް ޅެހި ކޮންސްޓްރަކްޝަން އެންޑް ޓެރޭޑިންގ ޕްރައިވެޓް ލިމިޓެޑާއި ވެސް މިއަދު ވަނީ ހަވާލުކޮށްފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު އުކުޅަހަށް ވަޑައިގަތީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އޮޑިޓް އޮފީސްތަކުގެ މަހާސިންތާގެ ނިންމުމުގެ ރަސްމިއްޔާތަށެވެ.
ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ރައީސްގެ ދެކަނބަލުން ވަނީ އުކުޅަހުގައި މިއަދު ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ގަސް އިންދުމުގެ ހަރަކާތުގައި ބައިވެރިވެލައްވާފަ އެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

4 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން