-8402fff9.png)
އިބްރާހިމް ޝަމްވީލް

އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހް ހުށަހެޅުއްވި އިސްލާހު ފާސްވުމާއެކު ކައުންސިލަރުން ހޮވާ އަދަދު ވަނީ މަދުވެފައި -- ފޮޓޯ: މަޖިލިސް
އަންނަ އަހަރު އިންތިހާބުކުރާ ލޯކަލް ކައުންސިލްތަކުގައި, ކައުންސިލަރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު މިއަދު ފާސްކޮށްފިއެވެ.
މަޖިލީހަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅި އިސްލާހު ފާސްކޮށްފައިވަނީ 54 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް ވޯޓުދެއްވީ އެމްޑީޕީގެ 11 މެންބަރުންނެވެ.
މިއަދު ފާސްކުރި އިސްލާހުގައިވާ ގޮތުން 2،000 މީހުންނަށް ވުރެ ދަށް އާބާދީތަކަށް ދެން ހޮވާނީ ތިން ކައުންސިލަރުންނެވެ. އެއަށް ވުރެ މަތީގެ އާބާދީގެ ރަށްތަކަށް ހޮވާނީ ފަސް ކައުންސިލަރުންނެވެ. މީގެތެރެއިން ތިން ކައުންސިލަރުން ހޮވާ ކައުންސިލްތަކަށް އަންހެން ކައުންސިލަރެއް އަދި ފަސް ކައުންސިލަރުން ހޮވާ ކައުންސިލްތަކަށް އަންހެން ދެ ކައުންސިލަރުން ހޮވުން ލާޒިމުވާ ގޮތަށް ބިލުގައިވެއެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން 3،000 އަށްވުރެ މަދުގެ އާބާދީތަކަށް ފަސް ކައުންސިލަރުން އަދި އެއަށް ވުރެ ގިނަ އާބާދީތަކަށް ހަތް ކައުންސިލަރުން ހޮވައެވެ.
މިއަދު ފާސްކުރި އިސްލާހުގައި ރަށު ކައުންސިލުތަކުގެ އިތުރުން ސިޓީ ކައުންސިލްތަކުގެ ތެރެއިން މާލެއާއި ފުވައްމުލައް ސިޓީ ކަައުންސިލްގައި ތިބޭނެ ކައުންސިލަރުންގެ އަދަދު ވަނީ ހިމަނައިފައެވެ. އެ ބިލުގައި ވާ ގޮތުން މާލޭ ސިޓީ ކައުންސިލްގައި ތިބޭނީ 16 މެންބަރުންނެވެ. މިހާރު އެ ކައުންސިލްގައި ތިބެނީ 19 މެންބަރުންނެވެ.
ފުވައްމުލައް ސިޓީ ކައުންސިލްގައި މޭޔަރުގެ އިތުރުން އަށް މެންބަރުން ތިބޭނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ. ފުވައްމުލަކަށް އެ އަދަދު ކަނޑައަޅާފައިވަނީ އެ ސިޓީއަކީ އަށް އަވަށެއްގެ މައްޗަށް އެކުލެވޭ ސިޓީއެއް ކަމަށް ވާތީ ކަމަށް ވެސް އެ އިސްލާހުގައި ވެއެވެ.
ދެން އޮތް އައްޑޫ ސިޓީ ކައުންސިލާއި ތިނަދޫ ސިޓީ ކައުންސިލް އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކައުންސިލަރުންގެ އަދަދު އިސްލާހުގައި ކަނޑައަޅާފައި ނެތް ނަމަވެސް، އާބާދީގެ ނިސްބަތުން ދެން އެކުލަވާ ސިޓީ ކައުންސިލެއްގައި އެއިން ކޮންމެ ސިޓީއެއްގައި ވެސް އެކުލަވާލަން ޖެހޭނީ މޭޔަރާ އެކު ހަތް ކައުންސިލަރުން ތިބޭ ކައުންސިލެކެވެ.

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން
ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން