-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

ފަނޑިޔާރު ނިޔާޒު-- ފޮޓޯ: މިހާރު
މިވަގުތު ހައި ކޯޓުގެ ފަނޑިޔާރުކަމަށް ހުންނެވި ފަނޑިޔާރު ނިޔާޒު މިއަދު ރިޓަޔަކުރައްވައިފިއެވެ.
ފަނޑިޔާރު ނިޔާޒަކީ އެންމެ ގިނަ ދުވަސްވީ ހައި ކޯޓުގެ ފަނޑިޔާރެވެ. ހައި ކޯޓުގައި ހިދުމަތް ކުރެއްވި އިރު ފަނޑިޔާރު ނިޔާޒު ވަނީ ގިނަ ޝަރީއަތްތަކެއް ހިންގަވާ ބޮޑެތި ހުކުމްތަކެއް ކުރައްވާފައެވެ. އަދި އޭނާ ރިޓަޔަ ކުރުމަށް ހުށައަޅުއްވާފައިވަނީ މިދިޔަ މަހެވެ.
އޭނާ 23 އަހަރު ޝަރުއީ ދާއިރާއަށް ހިދުމަތް ކުރެއްވުމަށްފަހު ފަނޑިޔާރު ކަމުން ވަކި ވުމަށް ހުށައެޅި ސީދާ ސަބަބެއް އެނގިފައެއް ނެތެވެ.
މީގެކުރިން ފަނޑިޔާރު ނިޔާޒަކީ ޖޭއެސްއީގެ ނައިބު ރަޢިސް ކަމުގެ މަގާމުގައި ވެސް ހުންނެވި ބޭފުޅެކެވެ. ރިޓަޔަކުރެއްވި އިރު އަމިއްލަ ފަރާތަކުން ހުށަހެޅި ފަނޑިޔާރު ނިޔާޒުގެ ސުލޫކީ ފަސް މައްސަލައެއް ޖޭއެސްއީއިން އައީ ބަލަމުންނެވެ.
ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލްކުރައްވާފައިވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީންނެވެ. ފަނޑިޔާރު ނިޔާޒު އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަނު ކުރީ 2002 ގައެެވެ.
އެއީ ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމަށެވެ. އެއަށްފަހުގައި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަން ކުރެއްވި އެވެ.
ހައި ކޯޓަށް އޭނާ އައްޔަނުކުރެއްވީ2018 ވަނަ އަހަރެވެ.

3 މަސް ކުރިން
-8368a54b.jpg)
4 މަސް ކުރިން

5 މަސް ކުރިން

11 މަސް ކުރިން

12 މަސް ކުރިން

12 މަސް ކުރިން
-bc1b3796.jpeg)
1 އަހަރަށްވުރެ ގިނަ ކުރިން
-d9445da7.jpg)
1 އަހަރަށްވުރެ ގިނަ ކުރިން