-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސްކަމުގެ މަގާމަށް، މި ސަރުކާރުގެ އެގްރިކަލްޗާ މިނިސްޓަރުކަން ކުރިން ކުރެއްވި ޑރ. އާއިޝަތު ރަމީލާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޚާއްޞަ ޖަލްސާގައި މި ނިންމުން ނިންމާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުންގެ އިއްތިފާގުންނެވެ.
ޑރ. ރަމީލާ އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަންކުރެއްވީ މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އޭގެ ފަހުން، އެ ކޮމިޝަންގެ ރައީސްކަމަށް އޭނާ އައްޔަންކުރަން, ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ނަން ފޮނުއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުއެވެ.
މަޖިލީހުގެ ޗުއްޓީ ދުވަސްވަރު މި މައްސަލަ ކުރިއަށް ގެންގޮސްފައިވާއިރު، އިއްޔެ ބޭއްވި ދައުރުން ބޭރުގެ ޖަލްސާގައި ވަނީ މި ނަން ދިރާސާކުރުމަށް ހިއުމަން ރައިޓްސް ކޮމިޓީއަށް ފޮނުވާފައެވެ. ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ، ޑރ. ރަމީލާއަކީ މިހާރުވެސް ކޮމިޝަންގެ މެންބަރަކަށްވާތީ، އިތުރު އިންޓަވިއުއަކާ ނުލައި އޭނާ އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށެވެ.

3 ދުވަސް ކުރިން

4 ދުވަސް ކުރިން

16 ދުވަސް ކުރިން

23 ދުވަސް ކުރިން

24 ދުވަސް ކުރިން
-9d59190a.jpg)
25 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން