-8402fff9.png)
ސައިފުﷲ އަލީ
-de28761c.jpg)
ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވުމާ ގުޅިގެން، މުއްދަތު ހަމަވާ ޕާސްޕޯޓުތަކުގެ މުއްދަތު އިތުރުކޮށްދިނުމާއި އިމަޖެންސީ ޕާސްޕޯޓު ފީއަކާ ނުލައި ދޫކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.
މި ބަދަލުތަކަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެންނެވެ. މިއީ ރާއްޖޭގައި މިވަގުތު ހުރި ޕާސްޕޯޓު ސްޓޮކް މެނޭޖުކުރުމުގެ ގޮތުން އިމިގްރޭޝަނުން އެޅި ފިޔަވަޅެކެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި، 2016 ވަނަ އަހަރުން ފެށިގެން ދިވެހި ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދޭ ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސް މެޝިންތަކަށް ދިމާވި މައްސަލަ މިހާރު ހައްލުކުރެވިފައިވީ ނަމަވެސް، އަންދާޒާކުރި މުއްދަތަށް ވުރެ ގިނަ ދުވަސް ހޭދަވުމުގެ ސަބަބުން ސްޓޮކް ރާއްޖެއަށް ފޯރުކޮށްދެވޭނެ ކަމަށް މިހާރު ލަފާކުރެވެނީ 2026 ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.
އާ އުސޫލުގެ ދަށުން ރާއްޖޭގައި ތިބެގެން ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އާ ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް، އާ ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި މިހާރު ބޭނުންކުރާ ޕާސްޕޯޓުގެ މުއްދަތު 2027 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދެވޭނެއެވެ. މި ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެއްވެސް ފީއަކާ ނުލައެވެ.
އަދި އަލަށް ޕާސްޕޯޓު ހައްދާ ފަރާތްތަކުގެ ތެރެއިން އިންޑިއާ އަދި ސްރީލަންކާ ފަދަ އާންމުކޮށް ދިވެހިން ދަތުރުކުރާ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް، އެއް އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ އަށް ސަފުހާގެ އިމަޖެންސީ ޕާސްޕޯޓު ދޫކުރުމަށް ވަނީ ނިންމާފައެވެ. އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ މިންގަނޑުތަކަށް ފެތޭ މެޝިން ރީޑަބަލް މި ޕާސްޕޯޓަކީވެސް އެއްވެސް ފީއަކާ ނުލައި ދޫކުރެވޭނެ ޕާސްޕޯޓެކެވެ.
ފާއިތުވި 10 އަހަރު ދުވަހު ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދިން ކުންފުނިން މީގެ ކުރިން އެއްވެސް މައްސަލައެއް ދިމާނުވެ ހިދުމަތް ދީފައިވާކަން ފާހަގަކުރަމުން، އިމިގްރޭޝަނުން ވަނީ މި ބަދަލުތަކާ އެކުވެސް އެއްވެސް ދިވެހި ރައްޔިތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި ހުރަހެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ދީފައެވެ.

11 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
-b7403a22.jpg)
3 މަސް ކުރިން

4 މަސް ކުރިން
-be882701.jpeg)
4 މަސް ކުރިން

4 މަސް ކުރިން
-a527162a.jpg)
4 މަސް ކުރިން

5 މަސް ކުރިން