-8402fff9.png)
އައިޝަތު ހިދާޔާ

ހުޅުމާލޭގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ރަށު މާރުކޭޓު ބަލައިފާސްކޮށް, ގަވާއިދާ ޚިލާފަށް އުޅުނު 20 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށްގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ އެމީހުން ބަންދުކޮށްފައި ވަނީ އިއްޔެ ކުރިއަށްގެންދިޔަ އޮޕަރޭބަނެއްގެ ތެރެއިން ކަމަށެވެ. މި އޮޕަރޭޝަނުގައި 55 ބިދޭސިން ބަލައިފާސްކުރެވިފައި ވާކަމަށާއި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔައީ ގަވާއިދާ ޚިލާފުކަމަށް ފާހަގަވި 20 ބިދޭސީން ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ބިދޭސީން ގިނައިން މަސައްކަތްކުރާ ތަންތަނަށް އަމާޒުކޮށް އިމިގްރޭޝަނުން ގެންދަނީ އޮޕަރޭޝަންތައް ހިންގަމުންނެވެ. އެގޮތުން, މިމަހުގެ 11ވަނަ ދުވަހު ވެސް އިމިގްރޭޝަނުން ވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.
ތިލަފުށީގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި 32 ބިދޭސީން ހިފަހައްޓައިފައި ވެއެވެ. އޭގެ ކުރިން ިއމިގްރޭޝަނުން ވަނީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރަ މާލޭ ފުޑް ކޯޓުގައި ވެސް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަންގައި މުޅި ޖުމުލަ 88 ބިދޭސީން ބަލައިފާސްކޮށްފައި ވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 27 ބިދޭސީން މި އޮޕަރޭޝަންގައި ފާހަގަކުރެވިފައި ވާކަމަށެވެ. އަދި އެމީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
މީގެއިތުރުން 2023ވަނަ އަހަރުގެ ނޮވެމްބަރު 17ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 12ހާހަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައި ވާކަމަށް މިފަހުން ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

11 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
-b7403a22.jpg)
3 މަސް ކުރިން
-de28761c.jpg)
3 މަސް ކުރިން
-be882701.jpeg)
4 މަސް ކުރިން

4 މަސް ކުރިން
-a527162a.jpg)
4 މަސް ކުރިން

5 މަސް ކުރިން