-8402fff9.png)
ސައިފުﷲ އަލީ
-be882701.jpeg)
ޕާސްޕޯޓަށް އެދެވޭ ޚިދުމަތާއެކު އިމިގްރޭޝަންގެ މޮބައިލް އެޕްލިކޭޝަން އަންނަ ހަފުތާގައި އަލުން ލޯންޗުކުރުމަށް ނިންމާފައިވާކަމަށް، ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހްމަދު ފަސީހު ވިދާޅުވެއްޖެއެވެ.
މިކަން އިއުލާނުކުރައްވާފައިވަނީ އިމިގްރޭޝަންގެ ތާރީޚު ދައްކުވައިދޭ "ވޯކް އޮފް ލެގަސީ" މައުރަޒު ހުޅުވުމަށާއި، ޕާސްޕޯޓުގެ ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކާއެކު އިފުތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
ފަސީހު ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ނިޒާމު 2.0 އަށް ބަދަލުކުރުމާއެކު މޮބައިލް އެޕްލިކޭޝަނެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. ނަމަވެސް، އަންނަ ހަފުތާގައި މި އެޕްލިކޭޝަން އަލުން ލޯންޗުކުރާއިރު، ޕާސްޕޯޓަށް އެދުމާއި، ފޮޓޯ ނެގުމުގެ އިތުރުން ވިސާ ޗެކްކުރުން ފަދަ މުހިންމު ޚިދުމަތްތައް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މިއާއެކު އާންމުންނަށް ޚިދުމަތް ހޯދުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ މިހާރު އެންމެ އަވަހަށް ޕާސްޕޯޓު ދޫކުރާ އެއް ގައުމުކަން ފާހަގަކުރައްވައި ފަސީހު ވިދާޅުވީ، މާލޭގައި ޕާސްޕޯޓުގެ ޚިދުމަތް އާ އުސްމިންތަކަކަށް ގެންދެވިފައިވާ ކަމަށެވެ. އެގޮތުން، މާލޭގައި ޕާސްޕޯޓަށް ހުށަހަޅާ ދުވަހު ޕާސްޕޯޓު ހަވާލުކުރަމުންދާއިރު، އަތޮޅުތެރޭގެ ރައްޔިތުން މާލެ އައިސް ކުރަންޖެހޭ ބޮޑު ހޭދަ ކުޑަކުރުމުގެ ގޮތުން ރާއްޖޭގެ 38 ސްޓޭޝަނަކުން ޕާސްޕޯޓު ދޫކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން، އިމިގްރޭޝަނަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުން މަޑުކުރާ ވަގުތު ކުޑަކޮށް، އިސްރަށްވެހިންނަށް ފޯމު ފުރުމުގައި ފަސޭހަ އިންތިޒާމުތަކެއް ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ހުޅުވި "ވޯކް އޮފް ލެގަސީ" އާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަސީހު ވިދާޅުވީ، 70 އަހަރުގެ ދިގު ތާރީޚެއް އޮތް އިމިގްރޭޝަންގެ މާޒީން އެ މުއައްސަސާގެ މަސައްކަތްތަކުގެ މުހިންމުކަން ރަމްޒުކޮށްދޭ ކަމަށެވެ. އަދި މިއީ ފަޚުރުވެރިވުން ހައްގު މުއައްސަސާއެއްކަން ވެސް ފާހަގަކުރެއްވިއެވެ. މި މައުރަޒު އެކުލަވާލުމުގައި އެކަށީގެންވާ އާކައިވްއެއް ނެތުމުގެ ސަބަބުން ކުރީގެ އޮފިސަރުންނާއި ގުޅައިގެން އެ ފަރާތްތަކުގެ އަމިއްލަ ފޮޓޯ އަލްބަމްތަކުން މައުލޫމާތު ހޯދަންޖެހުނުކަން ވެސް އޭނާ ވަނީ ހާމަކުރައްވާފައެވެ.

11 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
-b7403a22.jpg)
3 މަސް ކުރިން
-de28761c.jpg)
3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-a527162a.jpg)
4 މަސް ކުރިން

5 މަސް ކުރިން