-8402fff9.png)
ސައިފުﷲ އަލީ

ސޯސަން މަގުގައި ދެ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ އިމިގްރޭޝަން އޮފިސަރު ނިޔާވެއްޖެއެވެ.
އެ އެކްސިޑެންޓު ހިނގާފައިވަނީ ސޯސަން މަގު ސިޓީ ބޭކަރީ ކުރިމަތިން ކަޅު ކުލައިގެ ވޭވް ސައިކަލަކާއި އެކްޒައިޓާ ސައިކަލެއް ޖެހިގެންނެވެ. އެ ހާދިސާގައި ވޭވް ސައިކަލުގެ ފަހަތުގައި އިން އުމުރުން 26 އަހަރުގެ މާހިދާ ވިއްސައިގެން ގޮސް ބޮލަށް ވަރަށް ބޮޑަށް އަނިޔާވެ ގިނަ އަދަދަކަށް ލޭ ފޭބިއެވެ.
މާހިދާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ބޮލުގެ އޮޕަރޭޝަނެއް ކުރި ނަމަވެސް، ސިކުނޑިއަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން ސިކުނޑި މަރުވެ، އޭނާ ވަނީ ނިޔާވެފައެވެ. މާހިދާގެ ކަށުނަމާދު އޮތީ ފަތިސް ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
މާހިދާ އިން ސައިކަލް ދުއްވި އުމުރުން 22 އަހަރުގެ ފިރިހެން މީހާ ވަނީ ހާލު ދެރަވެ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތ. ދިޔަމިގިލި، އައްސޭރި، އުމުރުން 21 އަހަރުގެ މާހު ހަސަން do ހައްޔަރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގީ ޒިކްޒެގްކޮށް އޭނާ ސައިކަލް ދުއްވަނިކޮށް ކަމަށެވެ.

11 ދުވަސް ކުރިން
-b7403a22.jpg)
3 މަސް ކުރިން
-de28761c.jpg)
3 މަސް ކުރިން

4 މަސް ކުރިން
-be882701.jpeg)
4 މަސް ކުރިން

4 މަސް ކުރިން
-a527162a.jpg)
4 މަސް ކުރިން

5 މަސް ކުރިން