-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އަބްދުﷲ ޔާމީން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްތަންވީ ނޫސްވެރިކަމުގެ ހައްގުގައެއްނޫންކަމަށާއި ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ތިން ރައީސުންގެ ބައްދަލުވުމާ ގުޅޭގޮތުން "ނުކުތާ" އަށް ޖާބިރު ވިދާޅުވީ، އެ ތިން ރައީސުން އެއްގަލަކަށް އަރައިގެން މިއުޅެނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގައި ނޫން ކަމަށާއި، އެއީ ހަމައެކަނި ވެރިކަމުގެ ދަހިވެތިކަމުގައި ކުރާ ކަމެއް ކަމަށެވެ.
އަދި އެ ބޭފުޅުންގެ ވެރިކަމުގައި ނޫސްވެރިކަމުގެ ނިޒާމު އޮތީ ގެއްލިފައި ކަމަށާއި، ގިނަ ބަޔަކަށް އެކަން އެނގޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަދި އެ ތިން ރައީސުން އެކުގައި ނުކުމެވަޑައިގަތުމަކީ ސިޔާސީ ގޮތުން ކުރާނެ އިތުރު ކަމެއް ނެތިގެން "ފޫހިފިލުވަން" ކުރާ ކަމެއްގެ ގޮތުގައި ޖާބިރު ސިފަކުރެއްވިއެވެ.
އޭނާ ވިދާޅުވީ އެ ބޭފުޅުންނަށް މިހާރު ރައްޔިތުންގެ ތާއީދު ނެތް ކަމަށާއި، ވަކިވަކިން އުޅުއްވައިގެން ސިޔާސީ ޕްލެޓްފޯމެއް ނުލިބޭތީ އެކުގައި މަސައްކަތް ކުރައްވަނީ ކަމަށެވެ.
"މިހާރު އެންމެ ރަނގަޅަށް ރާއްޖޭގެ ނޫސްވެރިކަން މި އޮތީ. ޙަޤީޤަތުގައި މި ސަރުކާރުން ފުދޭވަރަކަށް ރަނގަޅަށް ނޫސްވެރިކަމުގެ މިނިވަންކަން މި އޮތީ ދީފައި،" ޖާބިރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ފަދައިން އެއީ ފެއިލްވެފައި ތިބި ބައެއް ކަމަށް ޖާބިރު އެއްބަސްވެވަޑައިގަތެވެ.
އެގޮތުން އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރެވޭނެ ފަދަ ސިޔާސީ ސަޕޯޓެއް މިހާރު އެ ބޭފުޅުންނަށް ނެތް ކަމަށެވެ.

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

6 މަސް ކުރިން