-8402fff9.png)
ފާތިމަތު މިޝްކާ
-a527162a.jpg)
މޯލްޑިވްސް އިމިގްރޭޝަނުން މެދުކަނޑާލާފައިވާ އީ-ޕާސްޕޯޓުގެ ޚިދުމަތް، ޕާސްޕޯޓު ފޮތްތައް ލިބުމާއެކު އަންނަ މަހުގެ ކުރީކޮޅު އަލުން ފެށުމަށް ނިންމައިފިއެވެ.
މި ޚިދުމަތް މެދުކަނޑާލަން ޖެހުނީ ޕާސްޕޯޓު ޕްރިންޓްކުރާ ފޮތްތައް ރާއްޖެއަށް ގެނައުމުގައި ދިމާވި ލަސްތަކަކާ ގުޅިގެން މިދިޔަ މޭ މަހުގެ ތެރޭގައެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހް ވިދާޅުވެފައިވަނީ، ޕާސްޕޯޓް ހެއްދުމަށް ބޭނުންވާ ތަކެތި އުފެއްދުމަށް މިހާރު އޯޑަރު ދީފައިވާ ކަމަށެވެ. އަދި މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު އެ ތަކެތި ލިބޭނެ ކަމަށް ލަފާކުރެވޭއިރު، ސާމާނު ލިބުމާއެކު އެއްވެސް ލަސްކުރުމެއް ނެތި ޚިދުމަތް އަލުން ފަށާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އީ-ޕާސްޕޯޓަކީ ޒަމާނީ ވަސީލަތްތަކާއެކު ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރުމަށް މަގުފަހިކޮށްދޭ މުހިންމު ލިޔުމެކެވެ. މީގައި ހިމެނޭ ޚާއްޞަ ޗިޕެއްގެ އެހީގައި، ދިގު ކިއުތަކުގައި މަޑުނުކޮށް އަމިއްލައަށް ޗެކިންވެވޭ އީ-ގޭޓުގެ ޚިދުމަތް ފަސޭހަކަމާއެކު ބޭނުންކުރެވެއެވެ. މި ގޭޓުތަކުން ޕާސްޕޯޓުގެ ވެރިފަރާތް ކަށަވަރު ކުރަނީ ޗިޕުގައި ރައްކާކޮށްފައިވާ މަޢުލޫމާތުގެ އިތުރުން މޫނާއި އިނގިލީގެ ނިޝާން ބޭނުންކޮށްގެންނެވެ.
އީ-ޕާސްޕޯޓުގެ ޚިދުމަތް މެދުކަނޑާލާފައި އޮތް މުއްދަތުގައި އިމިގްރޭޝަނުން ދޫކުރަމުންދަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓެވެ. 5 އަހަރުގެ މުއްދަތަށް ދޫކުރާ މި ޕާސްޕޯޓަށް ނަގަނީ 600 ރުފިޔާއެވެ. މީގެ އިތުރުން، މިހާރު ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ހައްދާފައިވާ ފަރާތްތަކަށް، އެ ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން އީ-ޕާސްޕޯޓަކަށް ބަދަލުކުރަން ބޭނުންނަމަ އެއްވެސް ކެންސަލޭޝަން ފީއަކާ ނުލައި އެކަން ކުރެވޭނެ އިންތިޒާމު އިމިގްރޭޝަނުން ވަނީ ހަމަޖައްސައިދީފައެވެ.

11 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
-b7403a22.jpg)
3 މަސް ކުރިން
-de28761c.jpg)
3 މަސް ކުރިން

4 މަސް ކުރިން
-be882701.jpeg)
4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން