-8402fff9.png)
އައިޝަތު ހިދާޔާ

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކ. ތިލަފުށީގައި ޚާއްސަ ރެއިޑް އޮޕަރޭޘަނެއް ކުރިއަށް ގެންގޮސް, 32 ބިދޭސީނމް ހިފަހައްޓައިފިއެވެ.
އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެކަމަށެވެ. މި އޮޕަރޭޝަނުގައި ޖުމުލަ 836 ބިދޭސީން ބަލައި ފާސްކުރި ކަމަށާއި އޭގެތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 32 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ތެރެއަށް ގެނެސްފައި ވާކަމަށް އެ އިދާރާއިން ބުންޏެވެ.
އިންޑަސްޓްރިއަލް މަސައްކަތްކުރާ ތިލަފުއްޓަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ރަށެކެވެ.
ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ ހަރަކާތްތަކުގައި މިދިޔަ ހަފުތާގައި ވެސް ވަނީ 27 ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުޑް ކޯޓުގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި މުޅި ޖުމުލަ 88 ބިދޭސީން ބަލައިފާސްކޮށްފައި ވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 27 ބިދޭސީން މި އޮޕަރޭޝަންގައި ފާހަގަކުރެވިފައި ވާކަމަށެވެ. އަދި އެމީހުން މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް އެ އިދާރާއިން ބުންޏެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ގިނަ ބިދޭސީން ވަނީ ޑީޕޯޓު ވެސް ކޮށްފައެވެ.
ބިދޭސީން ގަވާއިދަށް ފެއްތުމަށް އޮޕަރޭޝަން "ކުރަންގި"ގެ ނަމުގައި ވެސް ސަރުކާރުން ވަނީ އޮޕަރޭޝަނެއް ފަށައިފައެވެ. މި އޮޕަރޭޝަނުގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ ވެސް ހޯމް މިނިސްޓްރީން އެއްކުރިއެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް މި އޮޕަރޭޝަންގެ ދަށުން ދެއެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ވަނީ

11 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
-b7403a22.jpg)
3 މަސް ކުރިން
-de28761c.jpg)
3 މަސް ކުރިން

4 މަސް ކުރިން
-be882701.jpeg)
4 މަސް ކުރިން
-a527162a.jpg)
4 މަސް ކުރިން

5 މަސް ކުރިން