-8402fff9.png)
އައިޝަތު ހިދާޔާ

މާލޭ ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުން އަންނައިރު, މި މަޝްރޫއުގެ ސަބަބުން ނެރު ހިމަވެ ނެރަށް ވަންނަން އަންނަ އުޅަނދުފަހަރަށް ދަތި ނުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ, މިއަދުގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ކުޑޫ ވިދާޅުވީ ބޮޑުތަކުރުފާނު މަގު ފުޅާކުރުމުން ނެރު ހަނިވާކަމަށެވެ. މިކަމާ ގުޅިގެން އޮޑިދޯނިފަހަރުގެ ވެރިންގެ ޝަކުވާ އެބަހުރި ކަމަށާއި މިކަމަށް ހައްލެއް ގެނެވޭނެތޯ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ, މާލޭ ބޮޑުތަކުރުފާނު މަގަކީ މާލޭގައި އެންމެ ކާރުބާރުބޮޑު އެއް މަގުކަމަށެވެ. މި މަގު ހަނިވުމުން ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިތަކާ ކުރިމަތިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ, މި މަގު ފުޅާކުރުމުން ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ލިބޭނެކަމަށެވެ. އަދި މި މަގު ހަދާގޮތުން މިހާރު ވެސް ކީވޯލްގެ ދިގުމިން އިތުރުވާނެ ކަމަށް މިނިސްޓރަު ވިދާޅުވިއެވެ.
"އެއީ ޕާކިންއަށް ހެދި ބައިގައި އަޅުގަނޑުމެން އިންނާނީ ތިން ފަރާތަށް ވެސް ލޯންޗު ކައިރި ކުރެވޭގޮތަށް ހަދާފައި," އޭނާ ވިދާޅުވިއެވެ.
އޭގެ ސަބަބުން މިސަރަހައްދަށް ވަދެ ނުކުންނަ އުޅަނދުތަކަށް އުނދަގޫ ނުވާނެ ކަމަށާއި މިތަނަށް ބޮޑެތި އާގުބޯޓު ނުވަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެހެންވީމައި އަޅުގަނޑުމެންނަށް މަގު ފުޅާކޮށްގެން ނެރު ހަނިވެގެން ރައްޔިތުންނަށް, އޮޑިދޯނިފަހަރު ބޭނުންކުރާ ފަރާތްތަކަށް އުނދަގޫވާނެ ކަމަކަށް ގަބޫލެއް ނުކުރަން. އޭގެ ބަދަލުގައި މާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ," މިނިސްޓަރު ވިދާޅުވިއެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވަނީ މާލޭ ރައްޔިތުންނަށް ލިބޭ ފައިދާއަކަށް މާލޭ މެމްބަރަކު ދެކޮޅު ހަދާތީ ހައިރާންވާކަމަށް ވިދާޅުވެފައެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކޮށް. ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޢިއްޒުއްދީން ފާލަމާ ހަމައަށް މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ފަތުޙުﷲ ޖަމީލް ބިލްޑިންއާ ހަމައަށް ތާރުއަޅައި ވަނީ ނިންމާފަ އެވެ.
ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ބަންދުކޮށް، އެ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މާޗު މަހުގެ 23 ވަނަ ދުވަހުއެވެ.
ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފުތާގެ ނިމުމާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. އެމްޓީސީސީން ބުނެފައިވާ ގޮތުގައި، ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރުއަޅައި ނިމުމާއެކު އެ މަގު އާންމުންނަށް ހުޅުވާލާނެއެވެ. އަމާޒަކީ މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން މަސައްކަތް އެއްކޮށް ނިންމައި އާންމުންނަށް ހުޅުވާލުމެވެ.

4 ދުވަސް ކުރިން

10 ދުވަސް ކުރިން

11 ދުވަސް ކުރިން

18 ދުވަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން
4 މަސް ކުރިން