-8402fff9.png)
ފާތިމަތު މިޝްކާ
-bf889c28.jpg)
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށްޓަކައި މުވައްޒަފުންގެ އަދަދުން 33 އިންސައްތަ މަދުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިންމުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސަރުކާރުގެ ކުންފުނިތަކަށް އަންގައިފިއެވެ.
މިއީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ކުންފުނިތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން އެޅި މުހިންމު ފިޔަވަޅެކެވެ.
މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން ވަނީ ކުންފުނިތަކުގެ ހިންގުންތެރިކަން އިތުރުކުރުމަށާއި، އިންސާނީ ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމަށްޓަކައި މުވައްޒަފުންގެ އަދަދު މަދުކުރުމަށް ޕީސީބީއަށް އިރުޝާދު ދީފައެވެ. މި އިރުޝާދާ ގުޅިގެން ޕީސީބީން ނެރުނު އެންމެ ފަހުގެ ސާކިއުލާގައި، މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ތިން މަސްދުވަހުގެ ތެރޭގައި ނިންމުމަށް އަންގާފައިވާއިރު، މި ނިންމުމާ އެއްގޮތަށް އަމަލުކުރަމުންދާ ގޮތް ބެލުމަށް ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު އެކްސެލް ޝީޓެއް މެދުވެރިކޮށް މައުލޫމާތު އަދާހަމަކޮށް ފިނޭންސް މިނިސްޓްރީއާއި ޕީސީބީއަށް އީމެއިލް ކުރުމަށް ވެސް ވަނީ އަންގާފައެވެ.
ގާނޫނީ ގޮތުން ޕީސީބީގެ އެންގުންތަކަށް އަމަލުކުރުން ކުންފުނިތަކަށް ލާޒިމުވާނެކަން އެ ބޯޑުން ވަނީ ހަނދާންކޮށްދީފައެވެ.
ޕީސީބީގެ މި އެންގުމާއެކު، ފެނަކަ ކޯޕަރޭޝަނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ފަދަ މުވައްޒަފުން ގިނަ ކުންފުނިތަކުން ވަނީ މުވައްޒަފުން އަމިއްލައަށް ވަޒީފާއިން ވަކިވުމަށް ހިތްވަރުދިނުމުގެ ގޮތުން ޚާއްސަ ޕެކޭޖުތަކެއް ހުށަހަޅާފައެވެ. ސަރުކާރުން މި ފިޔަވަޅުތައް އަޅަން ފަށާފައިމިވަނީ، މިދިޔަ އޭޕްރިލް މަހު ބޭއްވި އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވާކަމުގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން މެއި މަހުގެ އެކަކުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އެކަނިވެސް އެއްހާހަށްވުރެ ގިނަ ވަޒީފާއަށް މީހުން ހޯދަން އިއުލާނުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ދުނިޔޭގެ މަސްރަހަށް ބަލާއިރު، އިސްރާއީލާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ގިނަ ގައުމުތަކަކުން ދަނީ ޚަރަދު ކުޑަކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. ރާއްޖޭގައި ވެސް ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރުގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން ދާދިފަހުން ދިހަ ވަޒީރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން، ވުޒާރާތަކުގެ އަދަދު 20 އިން 15 އަށް ވަނީ މަދުކުރައްވާފައެވެ. މިއީވެސް ދައުލަތުގެ އިސްރާފު ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ.
-9cd6b2a7.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

7 މަސް ކުރިން
-449459b3.jpg)
7 މަސް ކުރިން