-8402fff9.png)
މިންހާ އަބްދުالله

މެމްބަރު ތޯރިގް މަޖިލީހުގެ މިއަދުގެ ޖަލްސާގައި / ފޮޓޯ: މަޖިލިސް އިދާރާ
ސިޔާސީ ބޭނުމަށް ސަރުކާރު ކުންފުނިތަކުގައި ވަޒީފާތައް ތައާރަފްކުރަން ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރަމުންދާތީ އެމްޑީޕީއިން ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ތޯރިގް ވިދާޅުވީ ރައީސް ސޯލިހުގެ ކުރިން ވެރިކަން ކުރެއްވި ރައީސް އަބްދުﷲ ޔާމީން އަދި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިވެސް މިގޮތަށް ސިޔާސީ ބޭނުމަށް ވަޒީފާ އުފައްދާފައިނުވާ ކަމަށެވެ.
ސިޔާސީ ބޭނުމަށް އެއްފަހަރާ ވަޒީފާތަކެއް ފެނަކަ ކުންފުނި ތެރެއިން ތައާރަފްކުރުމުންވެސް އެކަން އެގޮތަށް ނުކުރުމަށް ދެންނެވިކަމަށް ތޯރިގް ވިދާޅުވި އެވެ. އަދި ފެނަކައިން އެހާ ބައިވަރު ވަޒީފާތަކެއް ދިނުމުން މަސްވެރިކަމުގައި ހަރަކާތްތެރިވި މީހުން މަހަށް ދިޔުން ހުއްޓާލައި ދޯނިތައް މަހަށް ފުރުން ހުއްޓާލިކަން ފާހަގަކުރައްވައި އޭރު އެވާހަކަ ދެންނެވުމުން، އުޖޫރަ ލިބޭކަމަށްވާނަމަ ވޯޓު ޔަގީންވާނެކަމަށް ރައީސް ސޯލިހު ވިދާޅުވި ކަމަށް ތޯރިގް ތުހުމަތުކުރެއްވި އެވެ. އަދި އެ އުޖޫރަ ލިބެމުންދަނީ މަސްވެރިކަމުންތޯ ނުވަތަ އެނޫން ގޮތަކަށްތޯ ރައްޔިތުން ނުބަލާނެ ކަމަށް ރައީސް ސޯލިހު ދެންނެވިކަމަށް ތޯރިގް ވިދާޅުވި އެވެ.
"ރާއްޖޭގައި މި ފަހުން، މި ފަހުންނޭ މި ދެންނެވީ ގާނޫނު އަސާސީ ތަސްދީގުވި ފަހުން ދައުލަތުގެ ނިޒާމުގެ ތެރެއަށް ވަޒީފާތަކެއް އިތުރުކޮށްފައިވަނީ، ހާއްސަކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ސިޔާސީ ބޭނުމަށް ވަޒީފާތަކެއް އުފެއްދީ ރައީސް ސޯލިހު،" ތޯރިގް ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ ރައީސް ސޯލިހުގެ ވިސްނުންފުޅުގައި އޮތީ މަހަށް ދާ ޒުވާނުންނަށް ފެނަކައިން 8،000 ރުފިޔާ އާއި 10،000 ރުފިޔާގެ އުޖޫރައެއް ދީފައި ރަށުގައި ތިބެގެން އަދާކުރެވޭނެ ވަޒީފާއެއް ދިނުމުން ވޯޓު ޔަގީންވާނެ ކަމަށެވެ. އަދި އެގޮތަށް ކަން ކުރެއްވުމުން އެއްބުރުން ދެވަނަ ދައުރަށް އިންތިހާބުވާނެކަމަށް ރައީސް ސޯލިހު ގަބޫލުކުރެއްވި ކަމަށާއި އެހެންނަމަވެސް ފުރަތަމަ ބުރުން ލިބިވަޑައިގަތީ އެންމެ 36 އާއި 38 އިންސައްތައާ ދެމެދުގެ އަދަދެއްގެ ވޯޓުކަމަށް ތޯރިގް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް އާރްޑީސީ އަދި ފެނަކަ ފަދަ ކުންފުނިތަކުގައި މިގޮތަށް ވަޒީފާތައް އުފެއްދެވި ކަމަށާއި ކުންފުނިތަކަށް ބޭނުން ނުވާ އަދަދަށް ވަޒީފާތައް އުފެއްދެވި ކަމަށް ތޯރިގް ވިދާޅުވި އެވެ.
ބައެއް ރަށްރަށުގައި ފެނަކަ ކުންފުންޏަށް ބޭނުންވަނީ 35 އާއި 50 އާ ދެމެދުގެ އަދަދެއްގެ މުވައްޒަފުން ކަމަށާއި އެހެންނަމަވެސް ބައެއް ރަށްރަށުގައި 100އަށްވުރެ ގިނަ މުވައްޒަފުން ފަނަކައިގައި އެބަތިބިކަމަށް ތޯރިގް ވިދާޅުވި އެވެ.
ކުރިއަށް އޮތް 3 މަސް ތެރޭ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން 33 އިންސައްތަ މުވައްޒަފުން ވަކި ކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ އަންގާފަ އެވެ.

3 ދުވަސް ކުރިން

3 ދުވަސް ކުރިން

4 ދުވަސް ކުރިން

16 ދުވަސް ކުރިން

16 ދުވަސް ކުރިން

19 ދުވަސް ކުރިން

19 ދުވަސް ކުރިން

23 ދުވަސް ކުރިން