-8402fff9.png)
އައިޝަތު ހިދާޔާ

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ޗެއާމަން އަދި ބޯޑު މެމްބަރުގެ މަގާމަށް އަހްމަދު ޝަހީރު އައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭބަން އަދި ކޯޕަރަޓއިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު ވަނީ މިކަން އިއުލާނުކޮށްފައެވެ. ޕީސީބީން ކުރި ޕޯސްޓެއްގައި ބުނީ, އެމްޓީޑީސީގެ ޗެއާމަންކަމުގެ މަގާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، މ.ލާލުބާޣު، އަހްމަދު ޝަހީރު، އެކުންފުނީގެ ބޯޑުން އައްޔަނުކޮށްފައިވާކަމަށެވެ.
އޭނާ ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންކަން ވެސް ކުރައްވާފައެވެ ނަމަވެސް އެހެން ކުންފުންޏަކަށް ބަދަލުކުުރުމަށް ކަމަށް ބުނެ މި ސެޕްޓެމްބަރު މަހު އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.
މި ސަރުކާރުން އޭނާ ފުރަތަމަ އައްޔަންކުރީ ފެނަކަ ކޯޕަރޭޝަނަށެވެ.
އޭނާ އެންމެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައި ވަނީ އެސްޓީއޯގައެވެ. ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2015ވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރާ ހަމައަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވައިފައެވެ.
-9cd6b2a7.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-bf889c28.jpg)
4 މަސް ކުރިން

7 މަސް ކުރިން
-449459b3.jpg)
7 މަސް ކުރިން