-8402fff9.png)
ސައިފުﷲ އަލީ

މާލީ ނިޒާމު ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ހަފުތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ ވަގުތަށް އެކަނި އިތުރުގަޑީގެ ފައިސާ ލިބޭގޮތަށް އުސޫލުތައް އިސްލާހުކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަންގައިފިއެވެ.
ޕީސީބީން ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީތަކަށް ފޮނުވި ސާކިއުލާއެއްގައި އަންގާފައިވަނީ، އިތުރުގަޑީގެ މަސައްކަތް ބެލެހެއްޓުމުގައި ހުރިހާ ކުންފުންޏަކުންވެސް އެއް އުސޫލަކަށް އަމަލުކުރުމަށެވެ. މިގޮތުން، އޯގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި އައު އުސޫލަށް އަމަލުކުރަން ފެށުމަށްޓަކައި، މި ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ކުންފުނިތަކުގެ އޯޓީ ދިނުމުގެ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ނިންމުމަށް ވަނީ އިރުޝާދުދީފައެވެ.
މި ބަދަލުގެ އެންމެ ބޮޑު މަގުސަދަކީ ކުންފުނިތަކުގެ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށްގެންދިއުމާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ހަމަހަމައަށް ބެހުމެވެ. މީގެ އިތުރުން، ބޭކާރު ގޮތުގައި އިތުރުގަޑީގެ މަސައްކަތަށް ބަރޯސާވުން ކުޑަކުރުމާއެކު، އިތުރުގަޑީގެ ޚަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުން ކުންފުނީގެ މުހިންމު މަސައްކަތްތަކަށާއި ޚިދުމަތްތައް ރަނގަޅުކުރުމަށް އިތުރު ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ޕީސީބީން ފާހަގަކުރެއެވެ. މިހާރުވެސް އިތުރުގަޑީގެ ފައިސާ ދިނުމުގައި ވަކި ކެޕެއް ކަނޑައަޅާފައިވާ ކުންފުނިތަކުން، އެ ކުންފުނިތަކުގެ މިހާރުގެ އުސޫލުތަކާއި މި އައު 48 ގަޑިއިރުގެ އުސޫލު އަޅާކިޔައި، ކުންފުންޏަށް މާލީގޮތުން އެންމެ ފައިދާހުރި އަދި ޚަރަދު ކުޑަ ގޮތެއް އިޚްތިޔާރުކުރުމަށްވެސް ވަނީ އަންގާފައެވެ.
ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް އެ ކުންފުނިތަކަކީ ފައިދާގައި ހިންގާ ކުންފުނިތަކަކަށް ހެދުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން، ކުންފުނިތަކުގެ އޮނިގަނޑު މުރާޖަޢާކޮށް، މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށްވެސް ޕީސީބީން ވަނީ މީގެ ކުރިން ކުންފުނިތަކަށް އަންގާފައެވެ. މި ފިޔަވަޅުތަކަކީ ދައުލަތުގެ މާލީ ބުރަ ކުޑަކޮށް، ކުންފުނިތަކުގެ ސިޔާސަތުތައް އެއްހަމަކޮށް، އިޤްތިޞާދީ ގޮތުން ދެމެހެއްޓެނިވި ނިޒާމެއް ޤާއިމުކުރުމަށް އެޅެމުންދާ މުހިންމު ފިޔަވަޅުތަކެކެވެ.
-9cd6b2a7.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-bf889c28.jpg)
4 މަސް ކުރިން

7 މަސް ކުރިން
-449459b3.jpg)
7 މަސް ކުރިން