-8402fff9.png)
ސައިފުﷲ އަލީ

އިލެކްޝަންސް ކޮމިޝަނުގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚު އާދީއްތަ ދުވަހަކާ ދިމާކުރަންޖެހުނީ، އެއަށް ވުރެ އިންތިޚާބު ލަސްކޮށްފި ނަމަ އާ މަޖިލިސް އިންތިޚާބުކުރަން ޖެހޭ ދުވަހަށް އެކަން ނުވެދާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
މިފަހަރުގެ މަޖިލިސް އިންތިޚާބުގެ އާ ތާރީހު އާދީއްތަ ދުވަހަކާ ދިމާކޮށް އިލެކްޝަންސް އިން އިއުލާނުކުރުމުން، ސަރުކާރާ އިދިކޮޅު ފަރާތްތަކުން އަންނަނީ އެ ނިންމުމާމެދު ފާޑުކިޔަމުންނެވެ.
ރޭ އޮތް އެމްޑީޕީގެ ކެންޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެ ނިންމުން އީސީން ނިންމާފައިވަނީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް ވިދާޅުވެފައެވެ.
ޓުވިޓާގައި އެ ވާހަކަތަށް ރައްދުދެއްވަމުން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، އިންތިޚާބު އިތުރަށް ލަސްކޮށްފިނަމަ، ގާނޫނުގައި ބުނާ މުއްދަތަށް އާ މަޖިލިސް ހޮވާ ނުނިމޭނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
ގާނޫނުގައި ބުނާ ގޮތުން ހިނގަމުންދާ މަޖިލިސް އުވުމުގެ އެއް މަސް ދުވަސް ކުރިން އާ މަޖިލިސް އިންތިޚާބުކުރަން ޖެހެއެވެ.
ރާއްޖޭގެ މަލްޓިޕާޓީ ނިޒާމުގެ ދަށުން އިންތިޚާބުތައް ބާއްވަން ފެށީއްސުރެ، އާދައިގެ މަތިން ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރު ބަންދު ހޮނިހިރު ދުވަހުއެވެ. މިފަހަރުގެ އިންތިޚާބު ވެސް އެންމެ ފުރަތަމަ ތާވަލުކުރީ އަންނަ މަހުގެ 17ވާ ހޮނިހިރު ދުވަހަށެވެ.
ނަމަވެސް، އެ ދުވަސް ރޯދަމަހާ ދިމާވާތީ، މަޖިލީހުން ގާނޫނަށް ގެނައި އިސްލާހަކުން ވަނީ އިންތިޚާބު ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން ބާއްވަން ޖެހޭ ގޮތަށް ހަދާފައެވެ. އެއާއެކު، އިލެކްޝަންސްއިން އިންތިޚާބަށް އަލަށް އިއުލާނުކުރި ތާރީޚަކީ ޝައްވާލު މަހުގެ 11ވަނަ ދުވަހާ ދިމާވާ، 21 އޭޕްރީލް ވާ އާދީއްތަ ދުވަހެވެ.

3 ދުވަސް ކުރިން

4 ދުވަސް ކުރިން

16 ދުވަސް ކުރިން

23 ދުވަސް ކުރިން

24 ދުވަސް ކުރިން
-9d59190a.jpg)
25 ދުވަސް ކުރިން
-18fe96dd.png)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން