-8402fff9.png)
މިރާޝް މޫސާ
ރައީސް މުއިއްޒު ރ. މާކުރަތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ އަންގާރަ ދުވަހު ހއ. ދިއްދުއަށް ކުރައްވާ ދަތުރުފުޅަށް ހުރަސްއެޅޭ އެއްވެސް ކަމެއް ނުކުރުމަށް އެރަށު ކައުންސިލުން އިދިކޮޅު އެމްޑީޕީގައި އެދިއްޖެއެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ސޮއިކުރައްވައި ދިއްދޫ ދާއިރާގެ އެމްޑީޕީ ރައީސް އަބްދުﷲ ވަހީދަށް ފޮނުވި ސިޓީގައި ވަނީ ދިއްދޫ ރައްޔިތުންނާ ރައީސް ބައްދަލު ކުރެއްވުމަށް ބާއްވާ ޖަލްސާއަށް ދަތިވާ ގޮތަށް ލައުޑް ސްޕީކަރު ފަދަ ވަސީލަތްތައް މެދުވެރިކޮށް އެއްވެސް ކަމެއް ނުކުރަން އެދޭ ކަމަށެވެ.
މި ދަތުރުފުޅާ ގުޅިގެން އިންތިޒާމު ކުރައްވާ ހަރަކާތްތަކަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ތިޔަ ޕާޓީން ނުކުރެއްވުމަށާއި ރައީސުލްޖުމްހޫރިއްޔާ ދިއްދޫ ރައްޔިތުންނާއެކު ބާއްވާ ރަސްމީ ބައްދަލުވުމަށް ދަތިވާ ފަދަ ގޮތަކަށް ލައުޑް ސްޕީކަރު މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ވަސީލަތެއް މެދުވެރިކޮށް އެއްވެސް ކަމެއް ނުކުރުމަށް މި ކައުންސިލުން އިލްތިމާސް ކުރަމެވެ.
ދިއްދޫ ކައުންސިލުން އެމްޑީޕީއަށް ފޮނުވި ސިޓީގައި އެދިފައި ވަނީ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގި ކަމުގައިވީ ނަމަވެސް ރަށުގެ ސުލްހަމަސަލަސްކަމާއި އަމަންއަމާން ކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި ގާނޫނީ އިމުން ބޭރު ނުވުމަށެވެ.

9 މަސް ކުރިން

10 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
ގާތްގަނޑަކަށް 2 އަހަރު ކުރިން
ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން