-8402fff9.png)

މަރްޔަމް މާޙީ

މާލޭ މަގުމައްޗަށް ބަޔަކު ކުނި އަޅާފައި… ފޮޓޯ: މިހާރު
ރޯދަ މަހަށް ތައްޔާރު ވުމުގެ ގޮތުން ތަންތަން ސާފު ކުރުމަށްފަހު ނެރޭ ކުނިތައް މަގުމަތީގައި ނުބެހެއްޓުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އީޕީއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން، ތަންތަން ސާފު ކުރުމަށްފަހު ނެރޭ ގިނަ އަދަދެއްގެ ކުނިތައް މަގާއި ދުވާރު މަތީގައި ބަހައްޓާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ފިހާރަތަކުންނާއި ގޭގެއިން ވެސް އުފެދޭ ކުނި މަގުމަތީގައި ބަހައްޓާކަން ފާހަގަ ކުރެވޭ ކަމަށް ބުންޏެވެ.
މަގުމައްޗަށް ކުނި އެޅުމަކީ ގާނޫނީ ގޮތުން މަނާ ކަމެއްކަން އީޕީއޭގެ ބަޔާނުގައި ހަނދާންކޮށްދީފައިވެއެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން ތިމާވެށި ތަގައްޔަރު ވާނެ ފަދަ ގޮތަކަށް، އެއްވެސް ފަރާތަކުން ކުނި ގެންގުޅުމުގެ ނުވަތަ އެއް ތަނުން އަނެއް ތަނަށް އުފުލުމުގެ، ނުވަތަ ނައްތާލުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ ގާނޫން ނަންބަރު24/2022 ގެ 40ވަނަ މާއްދާގެ ދަށުން މަނާކަމެކެވެ.
އެހެންކަމުން ސިއްހީ ގޮތުން ބޮޑެތި ބަލިތައް ފެތުރި އަދި މަގުތަކުގެ ސާފުތާހިރުކަން ގެއްލުމާއެކު ހިނގާ މީހުންނަށް ވެސް ދަތިތަކާ ކުރިމަތިވާތީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކުނި އުކާލުމުގެ އިންތިޒާމްތައް ކުނި މެނޭޖް ކުރުމުގެ ހިދުމަތްދޭ ފަރާތްތަކާއި ވޭސްޓް މެނޭޖަންޓް ކޯޕަރޭޝަނާ ގުޅިގެން ހަމަޖެއްސުމަށް އީޕީއޭއިން ވަނީ އެދިފައެވެ.

18 ދުވަސް ކުރިން

4 މަސް ކުރިން

8 މަސް ކުރިން

10 މަސް ކުރިން

12 މަސް ކުރިން

12 މަސް ކުރިން

12 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން